ޢާއިލާގެ ވަޓްސްއަޕް ގްރޫޕުން ބޭރުކުރުމުން ދުބާއީގެ އަންހެނަކު އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
މިމައްސަލަވެގެންދިއައީ ދުބާއީ ފުލުހުންނަށް މިއަހަރު ކުރިމަތިވި އެންމެ ބޮޑު އެއް މައްސަލައަށެވެ. ގޮތެއް ނިންމަން ބަލާނެ ޤާނޫނެއް ނެތުމުންނެވެ.
އޭނާ ބުނީ ގްރޫޕުން އޭނާ ބޭރުކުރީ ޅިޔަން ފަހަރިން ކަމަށާއި ފުލުހުންނަށް މައްސަލަ ހުށަހެޅީ އެކަމާއި ނުބެހޭނެ ކަމަށް ފިރިމީހާ ބުނުމުން ކަމަށެވެ.
އަންހެން މީހާ ބުނީ މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި މިމައްސަލަ ފުލުހުން ހައްލުކޮށް ނުދޭނަމަ ކައިވެނި ރޫޅައިލާން ކޯޓަށް ދާނެ ކަމަށެވެ.
ފުލުހުން ބުނީ އެކަމަށް އެޅޭނެ ޤާނުނީ ފިަޔަވަލެއް ނެތް ކަމަށާއި ތިވަރުގެ ކަމެއް ތިހިސާބަށް ދިއުމުން އެނގެނީ ކައިވެނި ރޫޅެން މިހާރުވެސް ދާދި ގާތްވެފައިވާކަން ކަމަށެވެ.
ފުލުހުންގެ ޖަވާބާއި ގުޅިގެން އޭނާ ވަނީ ފުލުހުންގެ އެހީތެރިކަމަށް އެދެވުނުކަމަށްޓަކައި ފުލުހުންގެ ކިބައިން މަޢާފަށް އެދިފައެވެ.