ސައުދީގައި އޮންލައިންކޮށް ޑްރަގުގެވިޔަފާރި ކުރި ބައަކު ހަތިޔާރާއެކު އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ސައުދީގައި އޮންލައިންކޮށް ޑްރަގުގެވިޔަފާރި ކުރި ބައަކު ހަތިޔާރާއެކު އަތުލައިގެންފި
ސައުދިއަރަބިޔާގައި އޮންލައިންކޮށް ޑްރަގުގެވިޔަފާރި ކުރި ބައަކު ހަތިޔާރާއެކު އަތުލައިގެންފިއެވެ.

ސައުދީ ހޯމް މިނިސްޓަރުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް މަންސޫރު އަލްތުރުކީ ވިދާޅުވީ މިމީހުން ގެންދިއައީ މީހުން ޑްރަގް ބޭނުންކުރުމަށް ޝައުޤުވެރި ކުރުވާފަދަ ވީޑިއޯތައްވެސް ސޯޝަލް މީޑިއާތަކުގައި ހާމަކުރަމުން ކަމަށެވެ.

އަލްތުރުކީ ވިދާޅުވީ އެމީހުންގެ އަތުން ގިނަ އަދަދެއްގެ "ޑްރަގް" ބޭހާއި ހަޝިޝް އަދި 2 ފިސްތޯލަ އާއި ވަޒަންތަކެއް ވެސް އަތުލައިގަނެވިފައިވާ ކަމަށެވެ.

އަލްތުރުކީ ވިދާޅުވީ ސޯޝަލް މީޑިއާގައި މިފަދަ އަމަލުތައް ހިންގާ މީހުން އަތުލައިގަނެ ހައްޔަރުކުރުމުގެ ޤާބިލުކަން ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެހެންކަމާއިއެކުވެސް މިފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ ވީހައި އަވަހަކަށް ފުލުހުންނަށް އެކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އަލްތުރުކީ ވަނީ އެދިވަޑައިގެންފައެވެ.
މިއަދު އޮންލައިން