ބަކަރި ގަންނަން އިރާގަށް ދިއަ މީހަކު ވަގަށް ނަގައި 1 މިލިއަން ޑޮލަރު ހޯދަން އެދިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ބަކަރި ގަންނަން އިރާގަށް ދިއަ މީހަކު ވަގަށް ނަގައި 1 މިލިއަން ޑޮލަރު ހޯދަން އެދިއްޖެ
ބަކަރީގެ ވިޔަފާރިކުރާ ކުވައިތުގެ ވިޔަފާރިވެރިއެއް ކަމަށްވާ އުމުރުން 53 އަހަރުގެ ޚާލިދް އަބްދުއްރައްޒާޤް އަލްސަރްހާން ބަކަރި ގަންނަން ކުވައިތަށް ދިއުމުން ވަގަށް ނަގައި ބަދަލެއްގެ ގޮތުން 1 މިލިއަން ޑޮލަރަށް އެދިއްޖެއެވެ.

އޭނާގެ ޢާއިލާއިން ބުނީ ޚާލިދަކީ ވަރަށް ކުރިން ފެށިގެން ބަކަރީގެ ވިޔަފާރިކުރާ މީހެއް ކަމަށާއި އިރާޤް ފަދަ ޤައުމުތަކަށްގޮސް ބަކަރި ގަނެގެން ކުވައިތަށް ގެންގޮސް އެތަކެތީގެ ވިޔަފާރިކުރާ މީހެއް ކަަމަށެވެ.

ޢާއިލާއިން ބުނީ ޚާލިދް އެނބުރި ދިއުމަށް ހަމަޖެހިފައި އޮތީ މިދިއަ ބުދަ ދުވަހު ކަމަށެވެ. ނަމަވެސް އެދުވަހު ގުޅާފައި ވިޔަފާރި އަދި ނުނިމޭތީ ތަންކޮޅެއް ފަސްވެދާނެ ކަމަށް ބުނި ކަމަށެވެ.

"މިދިއަ އާދީއްތަ ދުވަހު ބޭބެގެ އަންހެނުންނަށް ލިބުނު ފޯނުކޯލެއްގައި ބުނީ ބޭބެ ހުރީ ވަގަށް ނަގާފައިކަމަށް. އަދި މިނިވަންކުރާނީ 1 މިލިއަން ޑޮލަރު ދިނުމުން ކަމަށް. އަންގާރަ ދުވަހު ގުޅާފައި ބުނީ ފައިސާ ނުދޭނަމަ މަރައިލާނެ ކަމަށް ޚާލިދުގެ ކޮއްކޮ ޢަބްދުއްލަޠީފް ބުނެފައިވެއެވެ.

ޢާއިލާއިން ބުނީ މިކަމުގައި ގޮތެއް ފެނޭތޯ ސަރުކާރުގެ އިދާރާތަކާއި ގުޅައިގެން މަސައްކަތްކުރަމުން ގެންދާ ކަމަށާއި ނަމަވެސް އަދި އެއްވެސް މަގެއް ފެނިފއިނުވާ ކަމަށެވެ.

މިދިއަ ޑިސެމްބަރު މަހު ޝިކާރަކުރަން އިރާޤަށް ދިއަ ޤަތަރުގެ ބައަކުވެސް ވަނީ ވަގަށް ނަގައިފައެވެ.
މިއަދު އޮންލައިން