އިންޑިއާގެ ކޮލަކަޓްގައި ހަދަމުން ގެންދާ އޯވަރ ބްރިޖެއް ވެށްޓި 17 މީހުން މަރުވެ 50 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. ފުލުހުން ބުނަނީ ބިޔަ ކޮންކްރީޓްތަކުގައި އެތައް ބައަކު ދަށުވެފައި ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މަންޒަރު ދުށް މީހުން ބުނެފައިވަނީ މިކަން ހިނގާފައިވަނީ އެ ސަރހައްދުގައި ވަރަށް ޓްރެފިކް ބާރުބޮޑު ވަގުތަކު ކަމަށާއި ގިނަ އަދަދެއްގެ ވެހިކަލްތައް ދަށުނުވީ ނަސީބަކުން ކަމަށެވެ.
މިހާދިށާގައި ގެއްލުން ލިބުނު ތަކެތީގެ ތެރޭގައި 100 މީހުން ގޮވައިގެން ދަތުރުކުރި ދެ ބަހާއި 6 އޮޓޯ ރިކްޝޯ އާއި 8 ޓެކްސީ ހިމެނެއެވެ.
ބައެއް ނޫސްތަކުން ބުނެފައިވަނީ އިންތިޚާބުގެ ކުރިން ބްރިޖްގެ މަސައްކަތް ކޮންމެ ގޮތަކުން ނަމަވެސް ނިންމަން ސަރުކާރުން ބޭނުންވާ ކަމަށާއި މަސައްކަތުގެ ފެންވަރު ދަށްވީ އެހެންވެގެން ކަމަށް ވެދާނެ ކަމަށެވެ.
މިއީ ދެ ކިލޯ މީޓަރު ދިގަށް އަޅަމުން ގެންދިއަ އޯވަރ ބްރިޖެކެވެ. ބްރިޖް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާތާ 5 އަހަރުވެއްޖެއެވެ.