ދުނިޔޭގެ އެންމެ މޮޅު އަންހެން އާކިޓެކްޓް ޒަހާ ހަދިދް ނިޔާވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދުނިޔޭގެ އެންމެ މޮޅު އަންހެން އާކިޓެކްޓް ޒަހާ ހަދިދް ނިޔާވެއްޖެ
ދުނިޔޭގެ އެންމެ މޮޅު އަންހެން އާކިޓެކްޓްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޒަހާ ހަދިދް އުމުރުން 65 އަހަރުގައި ނިޔާވެއްޖެއެވެ.

1950 ވަނަ އަހަރު އިރާގުގައި އުފަންވި ޒަހާއަކީ އެއްކޮޅުން އިނގިރޭސިވިލަތާއި ގުޅިފައިވާ އަންހެނެކެވެ. އާރކިޓެކޓް ދާއިރާއިން ކިޔަވައި ޒަހާއޭނާގެ އަމިއްލަ އޮފީހެއް ލަންޑަނުގައި ހުޅުވީ 1979 ވަނަ އަހަރުއެވެ.

ޒަހާގެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް ޒަހާއަށް ލިބިފައިވާ މެޑެލް ނުވަތަ އެވޯޑުތަކުގެތެރޭގައި ރޯޔަލް އިންސްޓިޓިޔުޓް އޮފް ބްރިޓިޝް އާރކިޓެކްޓްސް އިން ދީފައިވާ ގޯލްޑް މެޑެލް ހިމެނެއެވެ. އަދި ދުނިޔޭގެ އެންމެ މަޤްބޫލު އާރކިޓެކްޓުންނަށްދޭ "ޕްރިޒްކަރ އާރކިޓެކްޗަރ Pްރައިޒް" ލިބުނު ފުރަތަމަ އަންހެނަކީވެސް ޒަހާއެވެ.

ޒަހާގެ އިމާރާތްތަކުގެ ތެރޭގައި ޤަތަރު އޮލިމްޕިކްސް 2022 ބާއްވާ އެއް ސްޓޭޑިއަމާއި ލަންޑަން އޮލިމްޕިކް އެކްއާޓިކް ސެންޓަރ، ސަރޕެންޓައިން ސެކްލަރ ގެލެރީ ފަދަ އެތައް ބިނާތަކެއް ހިމެނެއެވެ. ޒަހާ ވަނީ އިނގިރޭސި ވިލާތުގެ އިތުރުން ހޮންކޮންގ، ޖަރުމަން، ޤަތަރު އަދި އަޒަރުބައިޖާން ފަދަ ޤައުމުތަކުގައިވެސް މަޝްހޫރު އެތައް ބިނާއެއް ފަރުމާ ކޮށްފައެވެ.

ޒަހާ ނިޔާމީ މިއާމީގެ ހޮސްޕިޓަލެއްގައި ބްރޮންކައިޓިސްއަށް ފަރުވާދެމުން ދަނިކޮށް ހިތް ހުއްޓިގެން އިއްޔެގެ ވަގުތެއްގައެވެ.
މިއަދު އޮންލައިން