އޮސްޓްރޭލިއާގެ ރައްޔިތަކަށްވެފައިވާ ލަންކާގެ ސިޔާސީ ލީޑަރަކު ލަންކާގަ އިތުރަށް ހުރުމުން 1 އަހަރަށް ޖަލަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
އޮސްޓްރޭލިއާގެ ރައްޔިތަކަށްވެފައިވާ ލަންކާގެ ސިޔާސީ ލީޑަރަކު ލަންކާގަ އިތުރަށް ހުރުމުން 1 އަހަރަށް ޖަލަށް
އޮސްޓްރޭލިއާގެ ރައްޔިތަކަށްވެފައިވާ ސްރީ ލަންކާގެ ސިޔާސީ ލީޑަރެއް ކަމަށްވާ ޕްރެމާ ކުމާރު ގުނަރަތްނަމް، ވިސާގެ މުއްދަތަށް ވުރެ އިތުރަށް ލަންކާގައި ހުރުމުން 50،000 ރުޕީސް އިން ޖުރުމަނާކޮށް 1 އަހަރުގެ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ސްރީލަންކާގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.

ކޭގައްލެ މެޖިސްޓްރިޓްރޭޓް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކުރީ އޮސްޓްރޭލިއާގެ ރައްޔިތަކަށްވެ ހުރެ މިދިއަ އަހަރު ޖަނަވަރީ މަހު ލަންކާއަށް އެތެރެވެ 30 ދުވަހުގެ ވިސާ ހަމަވުމުން 30 ދުވަސް އިތުރުކުރުމަށްފަހު ވިސާ އިތުރުކޮށްފައި ނުވާތީއެވެ.

އުމުރުން 49 އަހަރުގެ ޕްރެމާކުމާރު ގުނަރަތްނަމް އަކީ ފްރޮންޓްލައިން ސޯޝަލިސްޓް ޕާޓީ (އެފްއެސްޕީ)ގެ އިސް މެންބަރެކެވެ. ލަންކާއަށް އައީ މިދިއަ އަހަރުގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް ހަރަކާތްތެރިވުމަށެވެ.

ނަން އޮޅުވާލައިގެން ވަގު ޕާސްޕޯޓެއްގައި 2013 ވަނަ އަހަރު ލަންކާއަށް އެތެރެވުމުން ޕްރެމާ ކުމާރު ގުނަރަތްނަމް ވަނީ 2013 ވަނައަހަރު ޤައުމުން ޑިޕޯޓްކޮށްފައެވެ.

ޕްރެމާކުމާރު ގުނަރަތްނަމް ފާހަގަ ކުރެވިފައިވަނީ ޔުނިވަރސިޓީތަކުގެ ސްޓޫޑަންޓް ޔުނިއަންތަކަށް ނުފޫޒު ހިންގައި މަގުތަކަށް ނެރޭ މީހެއްގެ ގޮތުގައެވެ. އޭނާއަށް ލަންކާގެ ރައްޔިތެއްގެ ދަރަޖަ ދިނުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދައިފައެވެ.
މިއަދު އޮންލައިން