ފަލަސްޠީނުގެ ޒުވާނާގެ ބޮލަށް ބަޑިޖެހީ ޤަޞްދުގަ އޭނާ މަރާކަށް ނޫން: އިޒްރޭލް ޕީޖީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ފަލަސްޠީނުގެ ޒުވާނާގެ ބޮލަށް ބަޑިޖެހީ ޤަޞްދުގަ އޭނާ މަރާކަށް ނޫން: އިޒްރޭލް ޕީޖީ
އިޒްރޭލް ސިފައިންގެ މީހަކު މާދުރުގައި ހުރި ފަލަސްޠީނު ޒުވާނެއްގެ ބޮލަށް ބަޑިޖަހައި މަރާލާފައިވީނަމަވެސް ބަޑިޖެހީ ޤަޞްދުގައި އެނާ މަރަން ނޫން ކަމަށް އިޒްރޭލުގެ ޕްރޮސެކިޔުޓަރުން ކޯޓުގައި ބުނެފިއެވެ.

އިޒްރޭލުން މިމޭރުމުން ބުނި ނަމަވެސް އެކަން ހިނގައިދިއަ ގޮތް ހާމަވާ ވީީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. އެވީޑިއޯ ބެލުމަށްފަހު އދ އިން ވެސް ބުނެފައިވަނީ އެއީ ޤަޞްދުގައި މީހަކު މެރުމަށް ދީފައިވާ ހަމަލާއެއް ކަމަށާއި އެކަމުގެ ދައުވާ އޭނާގެ މައްޗަށް އުފުލެންޖެހޭނެ ކަމަށެވެ.

އިންސާނީ ޙައްޤުތަކަށް ގޮވައިލާ ޖަމާއަތްތަކުންވެސް ގެންދަނީ މިމޭރުމުން ގޮވައިލަމުންނެވެ. ނަމަވެސް އިޒްރޭލުގެ ސިފައިންގެ މީހަކު ކިތަންމެ ބޮޑު ޖަރީމާއެއް ހިންގި ނަމަވެސް އަދި ކިތަންމެ ގިނަ ބައަކު މެރިނަމަވެސް އެކަމުގެ ހަޤީޤީ ދައުވާ ދުވަހަކުވެސް ކޮށްފައެއް ނުވެއެވެ.

ޤަޞްދުގައި މީހަކު މެރުމުގެ ކުށުގައި ބަންދުކުރި ސިފައިންގެ މީހާ މިހާރު ވަނީ ކުޑަ ކުށެއް ކުރިމީހަކަށް ދަރަޖަކޮށްފައެވެ. ދުނިޔެއަށް ދައްކަން އޭނާގެ މައްޗަށް ޝަރީއަތެއް ކުރި ނަމަވެސް އެއްވެސް އަދަބެއް ތަންފީޒު ނުކުރުމަކީ އަދި ވަޒިފާގައި ބެހެއްޓުމަކީ އިޒްރޭލުން މިބާވަތުގެ ކަންކަމުގައި ޢާންމުކޮށް އަމަލުކުރާ ގޮތެވެ.

އެވީޑިއޯ ހާމަކުރި މީހާ އާއި އޭނާގެ ޢާއިލާ ދިރިތިއްބައި އަންދައިލާނެ ކަމުގެ އިންޒާރުތައް ދެމުން ގެންދާއިރު އޭނާގެ ގެއަށް މިހާރުވެސް ގެންދަނީ ގާފަދަ ތަކެތި އުކަމުންނެވެ.
މިއަދު އޮންލައިން