ޢާންގ ސަން ސޫކީ ރައީސާ ވަޒީރުން ކޮންޓްރޯލް ކުރެވޭ ޚާއްޞަ އެޑްވައިޒަރަކަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޢާންގ ސަން ސޫކީ ރައީސާ ވަޒީރުން ކޮންޓްރޯލް ކުރެވޭ ޚާއްޞަ އެޑްވައިޒަރަކަށް
މިޔަންމާގެ "ލީޑަރ" އާންގ ސަން ސޫކީއަށް ރައީސް އާއި ވަޒީރުން ކޮންޓްރޯލު ކުރެއްވުމުގެ ބާރުތައް ލިބިވަޑައިގަންނަވާ ގޮތަށް މިޔަންމާގެ ޕާލަމެންޓުގެ އަޕަރ ހައުސް އިން ބިލެއް ފާސްކޮށްފިއެވެ.

"ސްޓޭޓް އެޑްވައިޒަރ" އަށް މިބާރުތައް ލިބިވަޑައިގަންނަވާގޮތަށް ބިލް ފާސްކުރީ ޤައުމުގެ ރައީސްކަމަށް އެކަމަނާއަށް ވަޑައިނުގެންނެވުމުން ރައީސްކަމުގެ ފުރުޞަތު އެކަމަނާއަށް އެރުވުމަށެވެ.

މިޤާނޫނު ފާސްވުމުން "ސްޓޭޓް އެޑްވައިޒަރ"ގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރެވުމުގެ ބާރު ރައީސް ޙްޓިން އަށް ލިބިވަދައިގަންނަވާނެއެވެ.

މިއިޞްލާޙާއިއެކު މިޔަންމާގެ ވެރިކަން ބަދަލުވެގެންދާނީ ބަރުލަމާނީ ނިޒާމު ފަދަ ވެރިކަމަކަށެވެ. ރައީސް މަޤާމުގައި ހުންނެވި ނަމަވެސް ވެރިކަމުގެ އެންމެހައިކަންކަން ކުރެއްވުމުގެ ބާރު ސްޓޭޓް އެޑްވައިޒަރަށް ލިބިވަޑައިގަންނަވާތީއެވެ. އެހެންކަމުން ސްޓޭޓް އެޑްވައިޒަރު ވެގެންދާނީ ބޮޑުވަޒީރު ފަދަ ބާރުތައް ލިބިވަޑައިގެން ހުންނަވާ، ސަރުކާރު ހިންގަވާ އިސްފަރާތަށެވެ.

ސްޓޭޓް އެޑްވައިޒަރުގެ މަޤާމު ހަމަޖެހިގެން ދިއުމުން އެކަމަނާ މިހާރު ހުންނެވި ހުރިހައި މަޤާމުތަކުން އިސްތިއުފާ ދެއްވާނެއެވެ.
މިއަދު އޮންލައިން