ހަމައެކަނި ލަންކާއަށް ބަރޯސާވެގެން 1 މިލިއަން ވަޒީފާއެއް ނުއުފެއްދޭނެ: ބޮޑުވަޒީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ހަމައެކަނި ލަންކާއަށް ބަރޯސާވެގެން 1 މިލިއަން ވަޒީފާއެއް ނުއުފެއްދޭނެ: ބޮޑުވަޒީރު
ހަމައެކަނި ލަންކާއަށް ބަރޯސާވެގެން ސަރުކާރުން ޒުވާނުންނަށްޓަކައި އުފައްދަން ބޭނުންވާ 1 މިލިއަން ވަޒީފާ ނުއުފެއްދޭނެ ކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ޕާޓީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކާއި އިންޑިއާ، ޖަޕާން، އަދި ޗައިނާ ފަދަ ޤައުމުތަކާއިއެކު އިޤްޠިޞާދީ ގުޅުން ބަދަހިކުރަން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ވަޒީފާގެ އިތުރު ފުރުޞަތުތައް އުފައްދަން ކަމަށާއި އެ މަޤްޞަދު އަންނަނީ ކާމިޔާބު ކުރެވެމުން ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ ކުރިއަށް އޮތް ދެ ތިން މަސް ދުވަސް ތެރޭގައި ލަންކާގެ އިޤްޠިޞާދަށް ބޮޑެތި ކުރިއެރުންތައް އަންނަން ފަށާނެ ކަމަށެވެ. އެއާއިއެކު އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދަނީ ދޮގު ތުހުމަތުތަކެއްކަން ސާބިތުކޮށްދެއްވާނެ ކަމަށެވެ.

ސްރީލަންކަން ރުޕީސްގެ އަގު އިއްޔެ ވަނީ ޑޮލަރަކަށް 150 ރުޕީސްއަށް ވެށްޓިފައެވެ. އެއީ ތާރީޚުގައިވެސް ރުޕީސްގެ އަގު ވެށްޓުމުގައި ރެކޯޑަކަށްވުމުން އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ ލަންކާގެ އިޤްޠިޞާދު ރަނގަޅުކުރުމުގެ ޤާބިލުކަން ސަރުކާރުގައި ނެތް ކަމަށެވެ.
މިއަދު އޮންލައިން