ފަލަވެ ބަނޑުލާ އަންހެނުންގެ ނިޞްބަތް އިތުރު: ދިރާސާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ފަލަވެ ބަނޑުލާ އަންހެނުންގެ ނިޞްބަތް އިތުރު: ދިރާސާ
ފަލަވެ ބަނޑުލާ އަންހެނުންގެ ނިޞްބަތް ފިރިހެނުންނަށްވުރެ އިތުރުވަމުން އަންނަ ކަމަށާއި ފަލަވެ ބަނޑުލާ މީހުންގެ އަދަދު އިތުރުވަމުން އަންނަ މިންވަރާއިމެދު ކަންބޮޑުވުން އިންތިހާއަށް އެބައޮތްކަން ދިރާސާއިން ހާމަވެއްޖެއެވެ.

އިންގިރޭސި ވިލާތުގެ ލިންޑްސޭ މެޑިކަލް ޖަރނަލް އިން 200 ޤައުމެއްގައި ކުރި ދިރާސާއަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ 1975 ވަނަ އަހަރު ކުރި ސަރވޭއިން އެނގުނު ގޮތުގައި ދުނިޔޭގައި ފަލަވެ ބަނޑުލާފައި ތިބީ 105 މިލިއަން މީހުންނެވެ. 2014 ވަނަ އަހަރު ކުރި ސަރވޭއިން ދައްކާ ގޮތުގައި 641 މިލިއަން މީހުން އެބަތިއްބެވެ.

އެހެންކަމުން ސަރވޭކުރެވުނު 2 އަހަރު ދުނިޔޭގައި ތިބި މީހުންގެ ނިޞްބަތަށް ބަލާއިރު 2025 ވަނަ އަހަރު އަންނަ އިރު 18 އިންސައްތަ ފިރިހެނުންނާއި 21 އިންސައްތަ އަންހެނުން ތިބޭނީ ފަލަވެ ބަނޑުލައިފައެވެ.

މިހާރުގެ ހިސާބުތަކަށް ބަލާއިރު ފަލަވެ ބަނޑުލާފައި ތިބެނީ ކޮންމެ 10 ފިރިހެނުންގެ ތެރެއިން އެކަކަށްވުރެ ގިނަ މީހުންނެވެ. 7 އަންހެނުންގެ ތެރެއިން އެކަކަށްވުރެ ގިނަ އަންހެނުންނެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި ތިބެންޖެހޭވަރަށްވުރެ ހިކި މީހުންނަށްވުރެ ގިނައީ ތިބެންޖެހޭވަރަށްވުރެ ފަލަ މީހުންނެވެ.

މިދިރާސާއަށްފަހު ޑޮކްޓަރުންގެ ޓީމުން ބުނެފައިވަނީ މިއީ ވަރަށް ނުރައްކާތެރިކަން ބޮޑު ނަތީޖާއެއް ކަމަށެވެ. ފަލަވުން އިތުރުވަމުން އައުމަކީ ޞިއްހަތަށް އެންމެ ނުރައްކާތެރިކަންބޮޑު އެއްކަންތައް ކަމަށްވާތީއެވެ.

ދުޅަހެޔޮ ޞިއްހަތަކަށްޓަކައި މިކަންކަމަށް ސަމާލުކަންދީ، ަހަށިގަނޑު ހުންނަންޖެހޭ މިންގަނޑަށް ބެހެއްޓުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ޑޮކްޓަރުންގެ ޓީމުން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަދު އޮންލައިން