42000 މިލިއަނަރުންނާއެކު ދުބާއީ އެންމެ ގިނަ މިލިއަނަރުން 2015 ވަނަ އަހަރު ހިޖުރަކުރި 4 ވަނަ ސިޓީކަމަށް ވެއްޖެއެވެ.
ދިރާސާތައް ދައްކާގޮތުން 2015 ވަނަ އަހަރު ދުބާއީއަށް 2000 މިލިއަނަރުން ހިޖުރަކުރިއެވެ. އެހެންކަމުން މިހާރު ދުބާއީގައި ތިބި މިލިއަނަރުންގެ އަދަދަކީ 42،000 އެވެ.
ދުބާއީއަށް އެންމެ ގިނަ މިލިއަނަރުން ހިޖުރަކޮށްފައިވަނީ ތުރުކީ، މިޞުރު، އަލްޖީރިއާ އަދި މޮރޮއްކޯ (މަޣްރިބްކަރަ) އިންނެވެ.
އިތުރު 3000 މިލިއަނަރުން ވަނީ ދުބާއީގައި މިދިއަ އަހަރު އެމީހުންގެ ގެ އަޅަންފަށައިފައެވެ. މި 3000 ގެއާއިއެކު ދުބާއީގައި ދިރިއުޅޭ މިލިއަނަރުންގެ އަދަދު އެތައް ތަނެއް އިތުރުވެގެންދާނެއެވެ.
2015 ވަނަ އެންމެ ގިނަ މިލިއަނަރުން ހިޖުރަކުރި ސިޓީގެ ގޮތުގައި ފާހަގަކުރެވިފައިވަނީ 4000 މިލިއަނަރުން ހިޖުރަކުރި ސިޑްނީއެވެ. ދެން އެންމެ ގިނަ މިލިއަނަރުން ހިޖުރަކޮށްފައިވަނީ މެލްބަރން އަށާއި ޓެލްއަވީވްއަށެވެ.
އޮސްޓްރޭލިއާގެ ސިޑްނީ، މެލްބަރން، ޕަރތް، ފަދަ ސިޓީތަކަށް އެންމެ ގިނަ މިލިއަނަރުން ހިޖުރަކުރަނީ ޗައިނާ، ޔޫރަޕް، އިނގިރޭސިވިލާތް، އެމެރިކާ އަދި ސައުތު އެފްރިކާއިންނެވެ.