އިންޑިއާގެ ބިހާރު ސްޓޭޓްގައި ބަނގުރަލުގެ ވިޔަފާރިކުރުމާއި އުފެއްދުމާއި ބޭނުންކުރުން އެކުގައި މަނާކޮށްފިއެވެ.
ޕަޓްނާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގަވަރުނަރު ނިތިޝް ކުމާރު ވިދާޅުވި މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން އިންޑިއާގައި އުފައްދާ ބަނގުރަލުގެ އެއްވެސް ބާވަތެއް ބިހާރު ސްޓޭޓްގައި ވިއްކުމާއި ބޭނުންކުރުން މަނާކުރުމުން އެކަމަށް ރައްޔިތުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބިވަޑައިގެންނެވި ކަމަށެވެ.
ގަވަރުނަރު ވިދާޅުވީ އެކަން ވެގެން ދިއައީ އަންހެނުންނާއި ކުޑަކުދިން އަދި ޢާންމުންގެ ގިނަ ބައަކު ވަރަށް ބޮޑަށް ތާއީކުރި ކަމަކަށް ކަމަށެވެ. "ރައްޔިތުން އެހައި ބޮޑަށް ބޭނުންވާ ކަމެއް ކީއްވެގެން ނުކުރަންވީ. ބިހާރު ސްޓޭޓްގެ އެއްވެސް ސިޓީއެއްގައި އަދި އަވަށެއްގައި ބަނގުރަލުގެ އެއްވެސް ބާވަތެއް ވިއްކުމާއި ބޭނުންކުރުމަކީ މިއަދުން ފެށިގެން މުޅިން މަނާކަމެއް ކަމުގައި މިކަނޑައެޅީ."
އިންޑިއާގެ ލީޑަރ މަހާތަމާ ގާނދީއަށް އިހްތިރާމްކުރުމުގެ ގޮތުން ގުޖްރާތުގައިވެސް ބަނގުރާ ވަނީ މަނާކޮށްފައެވެ.