ސައުދިއަރަބިޔާގެ އަންހެނެއްގެ ހިތުން ދޮޅު ލިޓަރު ދިޔާ އެއެޗްެއް ނަގައިފިއެވެ.
ރޮޔަލް ކޮމިޝަން ފޮރ ޖުބައިލް ހޮސްޕިޓަލުގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން މިތަކެތި ނެގީ 70 އަހަރުގެ އަންހެން މީހާގެ ބަލި ދެނަގަތުމަށް ކުރި ޚާއްޞަ ޓެސްޓްތަކަކުން ހިތުތެރޭގައި ދިޔާއެއްޗެއް ހުރިކަމަށް ތުހުމަތުކުރެވިގެން ކުރި އޮޕަރޭޝަނެއްގައެވެ. މިޓެސްޓްތައް ކޮށްފައިވަނީ ހިތުގެ އަޑު އަހާ ޚާއްޞަ ޑީވައިސްއެއް ބޭނުންކޮށްގެންނެވެ.
އެނާ އެބަލީގައި އުޅޭތާ 4 އަހަރުވެއްޖެއެވެ. ޢާންމުކޮށް ކުރިމަތިވާ މައްސަލައަކީ ނޭވާ ކުރުވުމާއި މޭގެ ސަރަހައްދުގައި ރިއްސުމެވެ.
ކާމިޔަބުކަމާއިއެކު މިއޮޕަރޭޝަން ކުރެއްވި ޓީމުގެ އިސްވެރިއަކަށް ހުންނެވި ހިތުގެ ޚާއްޞަ ޑޮކްޓަރު މުނައްވަރު އަލްމަޖުނުނީ ވިދާޅުވީ ބައެއް ހާލަތްތަކުގައި ހިތުގެ ދެ މަސްލްސް ދެމެދު 50 އެމްއެލްގެ ފެން ހުރެދާނެ ކަަމަށާއި އެއަށްވުރެ އިތުރަށް ފެން ހުރެއްޖެ ނަމަ އުނދަގޫތައް ކުރިމަތިވާނެ ކަމަށެވެ.
ޖުބައިލް ހޮސްޕިޓަލުގައި މިދިއަ އަހަރު ޤާއިމުކުރި ޚާއްޞަ ހިތުގެ ސެންޓަރަކީ ހިތުގެ ހުރިހައި ޓެސްޓްތަކެއް އެންމެ ޒަމާނީ ފެންވަރުގައި ހެދެންހުރި އަދި ހުރިހައި ފަރުވާއެއްވެސް އެންމެ ޒަމާނީ ފެންވަރުގައި ދެވެން ހުރި ސެންޓަރެކެވެ.