އދގެ ޞުލްޙަ ޤާއިމުކުރާ ސިފައިން ގަދަކަމުން ކުޑަކުދިންނާ ޖިންސީ ގުޅުން ހިންގި މައްސަލައިގެ ޝަރިޢަތް ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
އދގެ ޞުލްޙަ ޤާއިމުކުރާ ސިފައިން ގަދަކަމުން ކުޑަކުދިންނާ ޖިންސީ ގުޅުން ހިންގި މައްސަލައިގެ ޝަރިޢަތް ފަށައިފި
އދގެ ޞުލްޙަ ބަލަހައްޓާ ލަޝްކަރުތަކުގެ ސިފައިން، ކުޑަކުދިންނާއި އަދި އަންހެނުންނާ ގަދަކަމުން ބަދުއަޚްލާޤީ އަމަލު ހިންގި މައްސަލަތަކެއް ކޯޓަށް ހުށަހަޅައިފިއެވެ.

މިހައިތަނަށް ކުރިމަތިވެފައިވާ އެތައް ސަތޭކަ މައްސަލަތަކެއްގެ ތެރެއިން ކޮންކޯގެ ކޯޓުން ޝަރީއަތް ފަށާފައިވަނީ ކޮންގޯގެ 3 މީހެއްގެ މައްސަލައެވެ. މީގެ ތެރޭގައި 17 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ޖިންސި ގުޅުން ހިންގި މައްސަލަވެސް ހިމެނެއެވެ.

ކޮންގޯގެ ޖަސްޓިސް މިނިސްޓަރު ވިދާޅުވެފައިވަނީ މި މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދަވާނީ އަދުލުވެރިކަމާއިއެކު ދެފުށް ފެންނަ ގޮތަށް ކަމަށެވެ.

ކޮންގޯގެ ޕްރޮސެކިޔުޓަރ ޖެނެރަލް ވިދާޅުވެފައިވަނީ މި 3 މީހުންގެ މައްޗަށް ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވިކަމުގެ ކުށުގެ ދައުވާ އުފުއްލަވާފައިވާނެ ކަމަށެވެ.

އަންހެނުންތަކަކާއިއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގި ކޮންގޯގެ އިތުރު 18 ސިފައިންގެ މައްޗަށް ދައުވާ ކުރުމަށްވެސް މިހާރު ވަނީ ފޮނުވައިފައެވެ.

އިންސާނީ ޙައްޤުތައް ހިމާޔަތްކުރަން މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުން ގެންދަނީ މިކަމަށް މަރުހަބާ ކިޔަމުންނެވެ. އަދި މިއީ ރަނގަޅު ފެށުމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

އދގެ ފައުޖަތުގެ ސިފައިން ގަދަކަމުން ޖިންސީ ގުޅުން ހިންގާފައިވަނީ ކުޑަކުދިންނާއިއެކު ކަމަށްވުމުން އެކަމާ ދެކޮޅަށް ގިނަ ބައަކު ގެންދަނީ އަޑުއުފުލަމުންނެވެ.

ޔޫއެން ޖަހާފައިވާ ކާރުތަކުގައި ނުކުމެ ގަދަކަމުން ޖިންސީ ގުޅުން ހިންގާ މައްސަލައިގައި އދ އިން ވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. މިފަދަ މައްސަލަތައް ކުރިމަތިވަމުން އަންނަތާ އަހަރުތަކެއް ފާއިތުވެފައިވާއިރު އަދި މިހައިތަނަށް އެއްވެސް މީހަކަށް އަދަބު ދީފައެއް ނުވެއެވެ.
މިއަދު އޮންލައިން