ޕެނަމާގެ އޯފްޝޯރ ލޯފާމުން ލީކުވި ލިޔުންތަކާއި ގުޅިގެން އައިސްލޭންޑްގެ ބޮޑުވަޒީރު ސިގްމުންޑަރ ޑޭވިޑް ގުންލޯގްސަން އިސްތއިުފާ ދެއްވައިފިއެވެ.
އޭނާ އިސްތިއުފާ ދެއްވީ ލީކުވި ކަރުދާސްތަކުން އޭނާ އައި އޭނާގެ އަންހެނުން ޓެކްސް އިން ވައްކަންކުރިކަމާއި ކަޅު ފައިސާގެ މުއާމަލަތުތަކެއް ކޮށްފައިވާކަން ހާމަވުމުންނެވެ.
މިކަމާއި ގުޅިގެން ހޯމަ ދުވަހު މަޖިލިސްކުރާ ގޭ ކުރިމަތީގައި އެތައް ހާސް ބައަކު ވަނީ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވައި މުޒާހަރާކޮށްފައެވެ.
ބޮޑުވަޒީރު ވަނީ ޕާލަމެންޓް އުވާލައި އައު އިންތިކާބެއް ބޭއްވުމަށް އެދިފައެވެ. ނަމަވެސް ރައީސް އަދި އެކަން ޤަބޫލުފުޅު ކުރައްވާފައެއް ނުވެއެވެ.
އެލިޔުންތައް ބުނާ ގޮތުން 12 ޤައުމެއްގެ އެންމެ އިސް ވެރިން ވަނީ އެފަދަ އަމަލުތައް ހިންގައިފައެވެ.