ސައުދިއަރަބިޔާގެ ކުންފުނިތަކުއި އެނޫންވެސް ތަންތަނުގެ ހިޔުމަން ރިސޯސް ޑިޕާޓްމަންޓްތަކުގައި ބޭރު ޤައުމުތަކުގެ މީހުން މަސައްކަތް ނުކުރަން ނިންމައިފިއެވެ.
ލޭބަރ މިނިސްޓްރީން ބުނީ އުޞޫލު ތަންފީޒުކުރަން ފަށާފަހުން ހިޔުމަން ރިސޯސަސް ޑިޕާޓެއްގައި ބިދޭސީއަކު މަސައްކަތްކުރާނަމަ ފުރަތަމަ ފަހަރު 20،000 ރިޔާލައިން ޖުރުމަނާ ކުރާނެ ކަމަށެވެ.
މިކަމަށްޓަކައި އެކުލަވައިލި ޤަވާއިދު މިހާރު ވަނީ ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވައިލައިފައެވެ. ޚިޔާލެއް ހުށަހަޅަން ބޭނުންނަމަ 20 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ލޭބަރ މިނިސްޓްރީން ވަނީ އެދިފައެވެ.
ލޭބަރ މިނިސްޓްރީން ބުނީ ހިޔުމަން ރިސޯސަސް ޑިޕާޓްމަންޓުތަކުގައި ބޭރު ޤައުމުތަކުގެ މީހުން ތިބުމަކީ ބިދޭސީ މަސައްކަތު މީހުންގެ އަދަދު އިތުރުވަމުން އަންނަ ސަބަބެއް ކަމަށެވެ. "ސައުދީގެ ވަޒީފާ ސައުދީންނަށް" ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް ކާމިޔާބު ކުރެވޭނީ ވަޒީފާ ދިނުމުގެ ކަންކަމާއި ވަޒީފާ އިތުރުވުމުގެ މަސައްކަތްތަކުން ބިދޭސީން ދުރުކޮށްގެން ކަމަށެވެ.