11 އަހަރުވީ ލޯބިވެރިޔާ ލެޓިން އެމެރިކާއިން ދުބާއީއަށް ގެނެސް ގަދަކަމުން ގުޅުން ހިންގި މީހަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
11 އަހަރުވީ ލޯބިވެރިޔާ ލެޓިން އެމެރިކާއިން ދުބާއީއަށް ގެނެސް ގަދަކަމުން ގުޅުން ހިންގި މީހަކު ހައްޔަރުކޮށްފި
11 އަހަރުވީ ލޯބިވެރިޔާ ލެޓިން އެމެރިކާއިން ދުބާއީއަށް ގެނެސް ގަދަކަމުން ޖިންސީ ގުޅުން ހިންގި ދުބާއީގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންނަށް މައުލޫމާތު ދެމުން އަންހެން މީހާ ބުނީ އެމީހާ އޭނާ ހުންނަ ހޮޓަލަށް ހެނދުނު އައިސް "ލޯބިކުރަން" އެދުމުން އެކަމަށް އޭނާ ދެކޮޅު ހެދުމުން ގަދަކަމުން ޖިންސީ ގުޅުން ހިންގީ ކަމަށެވެ. އެއީ ސޯޝަލް މީޑިއާގައި ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހެއް ކަމަށާއި އެމީހާ ވަނީ ޝަރުޖާއަށް ފުރާފައި ކަމަށެވެ.

ފުލުހުން ހުކުރު ދުވަހު އެނާ އަތުލައިގަތީ ދުބާއީގެ ކާރުޕާކަކުންނެވެ. އަތުލައިގަތުމުން އޭނާ ފުރަތަމަ ަމަސައްކަތްކުރީ އަންހެން މީހާ ހުންނަ ހޮޓާވެސް ނުއެނގޭކަމަށާއި އެއީ ރެސްޓޯރަންޓަކުން ބައްދަލުވި އަންހެނެއް ކަމަށްބުނެ ދޮގުހަދައިގެން ސަލާމަތްވުމަށެވެ.

އަންހެން މީހާ ބުނީ ދުބާއީއަށް އޭނާ އައުމަށް ޓިކެޓް ނެގީވެސް ފިރިހެން މީހާގެ ކްރެޑިޓް ކާޑު ނަމްބަރު ދިނުމުން އޭނާގެ ކާޑުން ކަމަށެވެ.

އެހާލަތަށް ގޮސް ސަލާމަތް ނުވެވުމުން ފިރިހެން މީހާ ބުނީ އޭނާ ބޭނުންވީ ކައިވެނި ކުރުމަށް ކަމަށާއި ނަމަވެސް ދީނީ ތަފާތު ހުރުމުން ކައިވެނި ނުކުރެވުނީ ކަމަށެވެ.

ފުލުހުން ވަނީ އަންހެންމީހާގެ މެޑިކަލް ރިޕޯޓަށާއި އެނާ ހެދި ދޮގުތަކަށް ބަލައި ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމުގެ ކުށުގައި ފިރިހެން މީހާ ބަންދުކޮށްފައެވެ.
މިއަދު އޮންލައިން