ސަލާންޖަހައިގެން މަހަކު 270،000 ދިރުހަމް ހޯދަމުން ދިއަ މީހަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ސަލާންޖަހައިގެން މަހަކު 270،000 ދިރުހަމް ހޯދަމުން ދިއަ މީހަކު ހައްޔަރުކޮށްފި
މަގުތަކުގައި ސަލާންޖަހައިގެން ދުވާލަކު 7000 ދިރުހަމް، މަހަކު 270،000 (ދެ ލައްކަ ހަތްދިހަ ހާސް) ދިރުހަމް ހޯދަމުން ދިއަ މީހަކު ދުބާއީ ފުލުހުން ހައްޔަރުކޮށްފިއެވެ.

ދުބާއީ ފުލުހުން ބުނީ މިއަހަރުގެ ފުރަތަމަ 3 މަސް ދުވަސްތެރޭގައި މަގުމަތީގައި ސަލާންޖަހަން އުޅުނު 59 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއިގެ ތެރޭގައި ވަަރަށް ގިނަ އަދަދަކަށް ފައިސާ ހޯދާ މީހުން ވެސް ހިމެނޭ ކަމަށެވެ.

ފުލުހުން ބުނީ ގިނައީ ތަފާތު ނަންނަމުގައި ޓޫރިސްޓުންގެ ގޮތުގައި އެތެރެވެގެން ތިބެ ސަލާންޖަހަމުން ގެންދިއަ މީހުން ކަމަށެވެ.

ދުބާއީގައިވެސް މަގުމަތީގައި ސަލާންޖެހުމަކީ މިހާރު މަނާ ކަމެކެވެ. އެހެންކަމުން މުނިސިޕަލިޓީ އާއި ޖިނާޢީ ފުލުހުން ގުޅިގެން ގެންދަނީ ސަލާންޖަހާ މީހުން ހޯދައި ހައްޔަރުކުރަމުންނެވެ.
މިއަދު އޮންލައިން