އދގެ ޞުލްޙަ ބަލަހައްޓާ ފައުޖުތަކުން ހިންގާ ޖިންސީ ޖަރީމާތައް ބެލުމުގެ ޤާބިލުކަން އދ އަކު ނެތް: ލޮބީ ގްރޫޕް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އދގެ ޞުލްޙަ ބަލަހައްޓާ ފައުޖުތަކުން ހިންގާ ޖިންސީ ޖަރީމާތައް ބެލުމުގެ ޤާބިލުކަން އދ އަކު ނެތް: ލޮބީ ގްރޫޕް
އދގެ ޞުލްޙަ ބަލަހައްޓާ ފައުޖުތަކުން ހިންގާ ޖިންސީ ޖަރީމާތައް ބެލުމުގެ ޤާބިލުކަން އދ އަކު ނެތްކަމަށާއި އެހެންކަމުން އެ މައްސަލަތައް ބަލައި ތަޙްޤީޤް ކުރަން އދ އިން ނުއުޅުމަށް މިކަންކަން ލޮބީ ކުރަމުން ގެންދާ ގްރޫޕުން ގޮވާލައިފިއެވެ.

އެ ގްރޫޕުން ބުނެފައިވަނީ މިމައްސަލަ މިހައި ބޮޑުވެގެން މިދިއައީ މިކަންކަމުގެ ޝަކުވާތައް ލިބެމުން އަންނަތާ އެތައް އަހަރެއްވީއިރުވެސް އެކަންކަމާއި ދެކޮޅަށް އދ އަށް އެއްވެސް ފިޔަވަޅެއް ނުއެޅުމުން ކަމަށެވެ.

ޑިރެކްޓަރ އޮފް ކޯޑް ބްލޫ ކެމްޕޭން ޕައޮލާ ޑޮނޯވަން ބުނީ މުޅި ދުނިޔެ ކަންބޮޑުވުމުން އދ އިން ނުކުމެ ތިމަންނަމެންގެ މައްސަލަތައް ތިމަންނަމެންނަށް ބެލޭނެކަމަށް ބުނެ ތަޙްޤީޤްތައް ކުރިއަށް ގެންދަން އދ އިން މަސައްކަތްކުރިނަމަވެސް ދުނިޔެ އެކަން ބަލައި ނުގަންނާނެ ކަމަށެވެ.

ޕައޮލާ ބުނީ އދ އަށް މިހާރު އޮތް ހާލަތަށް ބަލާއިރު އދ އަށް އޮތް އެންމެ ރަނގަޅު ގޮތަކީ އދގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގެ މިފަދަ އަމަލުތައް ތަޙްޤީޤްކުރުން މިނިވަން ފަރާތްތަކަށް ދޫކޮށްލުން ކަމަށެވެ.
މިއަދު އޮންލައިން