ޔޫއޭއީއަށް ފުރައްސާރަކުރި ކުވައިތުގެ މަޖިލިސް މެންބަރަކު 2 އަހަރަށް ޖަލަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޔޫއޭއީއަށް ފުރައްސާރަކުރި ކުވައިތުގެ މަޖިލިސް މެންބަރަކު 2 އަހަރަށް ޖަލަށް
ޓީވީން ދިން ބަޔާނެއްގައި ޔޫއޭއީއަށް ފުރައްސާރަކުރި ކުވައިތުގެ ކުރީގެ މަޖިލިސް މެންބަރަކު 2 އަހަރަށް ޖަލަށް ލުމަށް ކުވައިތުގެ ޖިނާޢީ ކޯޓުން ކުރި ހުކުމަށް މަތީ ކޯޓުން ތާއީދުކޮށްފިއެވެ.

މުބާރިކް އަލްދުވައިލާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ އޭނާ ޓީވީ ޗެނެލަކުން ދިން ބަޔާނެއްގައި ޔޫއޭއީއަށް ފުރައްސާރަކޮށްފައިވާތީ އާއި އެނާ ދެއްކި ވާހަކަތަކަކީ ކުވައިތާއި ޔޫއޭއީގެ ގުޅުންތަކަށް އަސަރުކުރާ ފަދަ ވާހަކަތަކެއް ކަމަށް ބުނެއެވެ.

ހައިކޯޓުގައި އޭނާ ބުނީ އޭނާގެ މަޤްޞަދަކީ ޔޫއޭއީ ބަދުނާމުކުރުން ނޫން ކަމަށާއި ދެއްކީ ހިނގާފައިވާ ކަންތައްތަކެއްގެ ވާހަކަ ކަމަށެވެ.

ހައިކޯޓުން ވަނީ 1000 ދީނާރުން އޭނާ ޖުރުމަނާކުރުމާއިއެކު މަޑުމައިތިރި އުޅުމެއް އުޅުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ދަށުކޯޓުގެ ހުކުމް ތަންފީޒުކުރުން 3 އަހަރު ދުވަހަށް ފަސްކޮށްދީފައެވެ. އަދި އޭނާގެ އަމަލުތަކަށް ބަލައި ވަގުތުން އިތުރު ފިޔަވަޅު އަޅާނެކަން އަންގައިފައެވެ.

އަލްދުވައިލާ އަކީ މުސްލިމް ބްރަދަރހުޑް އާއި ގާތް ގުޅުމެއް އޮންނަ އިސްލާމިކް ކޮންސްޓިޓިޔުޝަނަލް މޫވްމަންޓްގެ ލީޑަރެވެ.

އަލްދުވައިލާގެ ބަޔާނުގައި ޔޫއޭއީގެ ވެރިން ބަދުނާމުވާގޮތަށް ވާހަކަ ދައްކައިފައިވާތީ ޔޫއޭއީގެ ކޯޓަކުން ވަނީ އޭނޭގެ ޣައިރު ޙާޒިރުގައި 5 އަހަރުގެ ޖަލު ޙުކުމެއް މިދިއަ އަހަރު އިއްވައިފައެވެ.
މިއަދު އޮންލައިން