ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
6.4 މެގނިޓުޑްގެ ބާރުމިނުގައި އައި މިބިނހެލުމުގެ ބާރުގަދަ ކަމުން ބިން ހެލުން އައި ސަރަހައްދުގައި މީހުންނަށް ކޮޅަށް ނުތިބެވުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފުލުހުން ބުނީ ވެށްޓިފައިވާ އިމާރާތްތަކުގެދަށުވެފައި ބައަކު ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަން ބަލަމުން ގެންދާ ކަމަށެވެ.
މި ބިންހެލުމާއި ގުޅިގެން އެއްވެސް މީހަކު މަރުވިކަން އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް 47 މީހަކަށް ހޮސްޕިޓަލުތަކުން ފަރުވާދީފައިވާއިރު އެއިފެ ތެރެއިން 5 މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ބިންހެލުން އައިސްފައިވަނީ މިރޭ 7:30 ހައިއިރުއެވެ. ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިފައެއް ނުވެއެވެ.