ރޭ އިރާކޮޅު ޖަޕާނުގެ ކިޔުޝޫއަށް އައި ބިންހެލުމުގައި 9 މީހުން މަރުވެ ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ރިޕޯޓްތައް ބުނަގޮތުން ބިންހެލުމާއި ގުޅިގެން އިމަރާތްތައް ވެސްތި މަގުތައް ހަލާކުވެ ކަރަންޓް ކެނޑުން ފަދަ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.
ސަރުކަރުގެ ރިޕޯޓްތައް ބުނާގޮތުން ބިންހެލުމާއި ގުޅިގެން 800 މީހަކަށް ވަނީ ފަރުވަދީފައެވެ. 40،000 މީހުން ވަނީ މަގުމަތިވެފައެވެ. މިއަދު ހެނދުނާއިހަމައަށް ލިބިފައިވާ ރިޕޯޓްތައް ބުނާ ގޮތުން ވެށްޓުނު އިމާރާތްތކުގެދަށުގައި ތާށިވެފައިތިބި 7 މީހަކު ވަނީ ސަލާމަތްކުރެވިފައެވެ.
މިސަރަހައްދަކީ ޖަޕާނުގެ 2 ނިޔުކްލިއަރ ޕްލާންޓް ހުންނަ ސަރަހައްދެކެވެ. ނަމަވެސް އެއިން އެއްވެސް ތަނަކަށް އެއްވެސް ގެއްލުމެއް ލިބުނުކަން އަދި އެނގިފައެއް ނުވެއެވެ.
ޖަޕާން ގެ ސަރަހައްދަކީ ބިންހެލުންތައް އެންމެ ގިނައިން އަންނަ އެއް ސަރަހައްދެވެ.