2001 ވަނައަހަރަށްފަހު ކާބުލްއަށް ދިން އެންމެ ވަރުގަދަ ހަމަލާގައި 28 މީހުން މަރައި 300 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
2001 ވަނައަހަރަށްފަހު ކާބުލްއަށް ދިން އެންމެ ވަރުގަދަ ހަމަލާގައި 28 މީހުން މަރައި 300 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި
2001 ވަނައަހަރަށްފަހު ޖާނުން ފިދާވެގެން ކާބުލްއަށް ދިން އެންމެ ވަރުގަދަ ހަމަލާ ދީ 28 މަރައި 300 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިއަދު މިހަމާލާ ދީފައިވަނީ ފުރެންދެން ގޮވާތަކެތި އަރުވާފފައި ހުރި ދުއްވަމުން އައިސް ކާބުލްގެ އެންމެ މުހިންމު ސަރަހައްދުގައި ހުރި ސަރުކާރުގެ ސެކިޔުރިޓީ އިމާރާތެއްގެ ކުރިމަތީގައި ގޮއްވާލައި ޖާނުންފިދާވެގެންނެވެ.

ހަމަލާއަށްފަހު އިތުރު ބައަކު އެތަނަށް ވަދެގަނެ ޖާނުން ފިދާވެގެން ހަމަލާދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. މިހަމަލާތައް ދިންތާ ކުޑަ ވަގުތުކޮޅެއްގެތެރޭގައި ތާލިބާނުންވަނީ ހަމަލާގެ ޒިންމާ އުފުލައިފައެވެ.

ޠާލިބާނުން ބުނެފައިވަނީ ހަމަލާ ދިނުމުގެ މޫސުން ފެށުނީ ކަމަށާއި ސަރުކާރުން ހީވެސް ނުކުރާވަރުގެ ވަރުގަދަ ހަމަލާތައް ދެމުން ގެންދާނެ ކަމަށެވެ. ސަރުކާރުން ގެންދަނީ ތާލިބާނުންނާއި ޞޫލްހައިގެ ވާހަކަތައް ދައްކަން މަސައްކަތް ކުރަމުންނެވެ.

ޠާލިބާނުން ބުނަމުން ގެންދަނީ އަފްޣާނިސްތާނުގެ ސަރުކާރަކީ ހުޅަނގާއި އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް ކަމަށާއި ސަރުކާރު ބަލައިގަންނަން ބޭނުން ނުވާ ކަމަށެވެ.
މިއަދު އޮންލައިން