ބައްޕަގެ ބަޑިއާ ކުޅެނިކޮށް ޖެހުނު ވަޒަނަކުން މަންމަ މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ބައްޕަގެ ބަޑިއާ ކުޅެނިކޮށް ޖެހުނު ވަޒަނަކުން މަންމަ މަރުވެއްޖެ
ބައްޕަގެ ބަޑިއާއި ކުޑަ ދަރިފުޅަކު ކުޅެނިކޮށް ޖެހުނު ވަޒަނަކުން މަންމަ މަރުވެއްޖެއެވެ.

ސައުދިއަރަބިޔާގެ ޢާއިލާއެއް އަސްދޫނި ފާމެއް ބަލައިލުމަށް ކުރި ދަތުރަކަށްފަހު އެނބުރި އައި މަގުމަތީގައި މަޣްރިބް ނަމާދު ވަގުތުވުމުން ފިރިމީހާ ފެއިބީ މަޣްރިބް ނަމާދުކުރުމަށެވެ. އަނބިމިހާ އާއި ދަރިން ކާރުގައި ބައިތިއްބާފައެވެ.

އެވަގުތު ކުޑަ ދަރިފުޅަކަށް ފެނުނީ ބައްޕަގެ ބަޑިއެވެ. ނަގައި ކުޅެލިތަނާ ޖެހުނުވަޒަނެއް އަރައި މަންމަ ވަގުތުން މަރުވީއެވެ.

ނޫސްތަކުގައި މިކަމުގެ ޚަބަރު ލިޔުމުން އެއްބައަކު ބުނަނީ ޢާންމުން ހަތިޔާރު ގެންގުޅުން މަނާކުރަންވީ ކަމަށެވެ. އަނެއްބައަކު ބުނަނީ ހަތިޔާރާ ނުލައި މިއަދު އުޅެވެން ނެތް ކަމަށާއި މުހިންމީ ހަތިޔާރަށް ދޭންޖެހޭ ސަމާލުކަންދީގެން ގެންގުޅުން ކަމަށެވެ.

ދާދިފަހުންވެސް ސައުދިއަރަބިޔާގައި ވަނީ ސިކުނޑީގެ މައްސަލަ ހުރި ކުއްޖަކަށް ބަޑިއެއް ލިބުމުން މަންމަ އާއި ބައްޕަ އަދި ކޮއްކޮގެ ގައަށް ބަޑި ޖެހުމަށްފަހު ދަންޖެހިގެން އަމިއްލައަށް މަރުވެފައެވެ.
މިއަދު އޮންލައިން