ސެންޑިއޭގޯގައި އުމުރުން 3 ދުވަސްވީ ތުއްތު ކުއްޖެގައިގައި ދަތްއަަޅައި މަރައިލި ކުއްތާއެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކުއްޖާ ނިންދަވައި މާސްޓަރ ބެޑްގައި ބޭއްވުމަށްފަހު ދެމަފިރިން ތިބީ ޓީވީ ބަލަންކަމަށާއި ކުއްތާ ވެސް އެއިރު އޮތީ އެނދުގައި ކަމަށެވެ.
ފުލުހުން ބުނީ ޓީވީ ބަލަން ތިއްބާ އަންހެން މީހާ އާދަޔާ ޚިލާފަށް ކޮށިއަރައި ކެއްސައިގަތީ ކަމަށެވެ. އަދި އެވަގުތު ކުއްތާ ސިއްސައިގެންގޮސް ހޭލެވުނުވަގުތު ކުއްޖާގެ ގައިގައި ދަތްއެޅީ ކަމަށެވެ.
ދެމަފިރިންވެގެން ކުއްތާގެ ކިބައިން ދަރިފުޅު ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެންދެވުނުއިރު ކުއްޖާ ވަނީ މަރުވެފައެވެ.
ސެންޑިއޭގޯގެ ޤަވާއިދު އޮންނަގޮތުން މީހެއްގެގައިގައި ކުއްތާއެއް ދަތް އަޅައިފިނަމަ ވަކި މުއްދަތަކަށް ކުއްތާ ބަންދުކުރެއެވެ. އެހެންކަމުން މިހާރު ކުއްތާ ވަނީ ބަންދުކޮށްފައެވެ.