ސީއައިއޭގެ އަނިޔާވެރި އަމަލުތައް ހާމަވުން ނޫންކަމެއް ކޯޓަކުން ނުވާނެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ސީއައިއޭގެ އަނިޔާވެރި އަމަލުތައް ހާމަވުން ނޫންކަމެއް ކޯޓަކުން ނުވާނެ
"ޓެރިޒަމާ ދެކޮޅަށް" ކަމަށްބުނެ އެމެރިކާއިން ހިންގަންފެށި ހަރަކާތްތަކުގައި ދުނިޔެ ދޫކުރަންޖެހުނީ ކިތައް މީހުންނަށް ކަމެއް ނުއެނގެއެވެ. ބޮޑެތި އަނިޔާތައް ލިބި ނުކުޅެދޭ މީހުންނަށާއި މޮޔައިންނަށްވެފައިވަނީ ކިތައް މީހުންކަން އެނގޭނެ ގޮތެއްވެސް ނެތެވެ.

ނަމަވެސް އެމެރިކާގެ ސީއައިއޭގެ އަނިޔާ ލިބުނު 100 އަށްވުރެ ގިނަ މީހުން ސަލާމަތުން މިއަދުވެސް ދުނިޔޭގައި އެބަތިއްބެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި އަނދިރި ކަޅު ޖަލުތައް ހަދައި އަނިޔާކުރި އެތައް ހާސްބައެއްގެ ތެރެއިން މިއީ ވަރަށް މަދު އަދަދެކެވެ.

ސައިކޮލޮޖިސްޓުން ކަމަށްވާ ޖޭމްސް މިޝޭލް އާއި ބްރޫސް ޖެސެންގެ މައްސަލަ މިހާރު ވަނީ ފެޑެރެލް ކޯޓުގައެވެ. ތަޙްޤީޤް ކުރުމުގެ ނަމުގައި މީހުން ހިފައި ހައްޔަރުކޮށޗ އަނދިރި ޖަލުތަކުގައި ބަންދުކޮށް މީހުންނަށް ބޮޑެތި އަނިޔާތައް ކުރަން ދަސްކޮށްދިންކަމުގެ ތުހުމަތުގައެވެ. ރިޕޯޓްތައް ބުނާގޮތުން މީހުންނަށް ބޮޑެތި އަނިޔާތައް ކުރަން ސީއައިއޭއަށް ދަސްކޮށްދިނުމުގެ އަގެއްގެގޮތުން މިދެ މީހުންނަށް ސީއައިއޭ އިން ވަނީ 81 މިލިއަން ޑޮލަރު ދީފައެވެ.

ތަޙްޤީޤްތަކުގައި އެމެރިކާއިން އަނިޔާވެރި ޖަރީމާތައް ހިންގާކަމަށް ރައީސް ބަރަކް އޮބާމާ ވަނީ އެއްބަސްވެވަޑައިގެންފައެވެ.

އެމެރިކާއިން ހިންގާ މިފަދަ ބޮޑެތި ހުރިހައި ޖަރީމާތަކެއްގެ އައްޑަނައަކަށް ބޭނުންކުރަނީ އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަމެވެ. 11/9 ގެ ހާދިސާއެވެ. ނަމަވެސް އެހާދިސާގެ ހަޤީޤަތް މިއަދާއި ހަމައަށްވެސް ހާމަވެފައެއް ނެތެވެ. ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި އެހާދިސާއަކީ އެމެރިކާއިން އަމިއްލައަށް ރާވައިގެން ހިންގާފައިވާ ހަރަކާތްތަކެކެވެ. އެކަމުގެ އެތައް ހެކިތަކެއްވެސް ދިރާސާކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

11/9 ގެ ހާދިސާ އާއި ގުޅުވައިގެން ހައްޔަރުކޮށް ބޮޑެތި އަނިޔާތައްކުރި ގިނަ ބައަކީ އެއްވެސް ކުށެއް ނެތް ބައެއްކަން ވަނީ ސާބިތުވެފައެވެ.
މިއަދު އޮންލައިން