އިންޑިއާގެ ރައީސް ޕްރަނާބް މުކަރުޖީ ނިޔުޒީލަންޑަށް ވަޑައިގަންނަވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އިންޑިއާގެ ރައީސް ޕްރަނާބް މުކަރުޖީ ނިޔުޒީލަންޑަށް ވަޑައިގަންނަވަނީ
އިނޑިއާގެ ރައީސް ޕްރނާބް މުކަރުޖީ ނިޔުޒީލަންޑަށް 2 ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ. މިދަތުރުފުޅުގައި އިންޑިއާގެ ރައިސް ނިޔުޒީލަންޑަށް ވަޑައިގަންނަވާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. އެނބުރި އިންޑިއާއަށް ވަޑައިގަންނަވާނީ މެއިމަހުގެ 2 ވަނަ ދުވަހުއެވެ.

މިއީ އިންޑިއާގެ ރައީސަކު ނިޔުޒީލަންޑަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ނިޔުޒީލަންޑްގެ ބޮޑުވަޒީރު ޖޯން ކީ ވިދާޅުވީ އިންޑިއާގެ ރައީސަށް ހޫނު މަރުހަބާއެއް ދަންނަވާނެ ކަމަށެވެ. އަދި މިދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ގިނަ ދާއިރާތަކަކުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

އިންޑިއާ އާއި ނިޔުޒީލަންޑާއި ދެމެދުގައި މިދިއަ އަހަރު ކުރެވުނު ވިޔަފާރިއަށް ބަލާއިރު 2 ބިލިއަން ޑޮލަރަށްވުރެ ގިނަކަން ފާހަގަކުރެއެވެ.

ނިޔުޒީލަންޑުގައި ވިޔަފާރިި ތަފާތު ކަންކަމުގައި 160،000 އިންޑިއާ ނަސްލުގެ މީހުން ދިރިއުޅެއެވެ. މިދިއަ އަހަރުވެސް އިންޑިއާގެ 23،000 ދަރިވަރުން ކިޔަވަން ނިޔުޒީލަންޑުގައި ތިއްބެވެ.

އިންޑިއާގެ ރައީސްގެ މިދަތުރުފުޅުގައި އޭޔޫޓީ ބިޒްނަސް ސްކޫލުގެ ދަރިވަރުންނާއި މުޚާޠަބް ކުރައްވާނެއެވެ. އަދި އިންޑިއާ ނަސްލުގެ ވޔަފާރވެރިންނާއި ވެސް ބައްދަލުކުރެއްވެވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު އޮންލައިން