މައްކާގެ ރެސްޓޯރަންޓެއް ވެއްޓި 2 މީހުން މަރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުން ވެށްޓުނީ ދެ ބުރިއަށް ހުރިއިމާރާތެކެވެ.
މިހާދިސާ އާއި ގުޅިގެން ސިވިލް ސިފައިންވަނީ އިތުރު އެއްވެސް މީހަކު އިމާރާތުގެދަށުވެފައިވޭތޯ ބަލައިފައެވެ. ނަމަވެސް އިތުރު އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ.
މައްކާގައި ހުރި ބައެއް ފިހާރަތަކާއި ރެސްޓޯރަންޓްތަކަކީ ވަރަށް ބައުވެފައިވާ އިމާރާތްތައް ކަމަށްވާތީ އެތަންތަން ނައްތައިލުމަށް ސަރުކާރުން ގެންދަނީ މަސައްކަތކުރަމުންނެވެ.
ހައްޖުވެރިންނާއި އުމުރާއަށް ގޮސްތިބޭ މީހުން ޚިދުމަތް ހޯދަން އެފަދަ ތަންތަނަށް ނުދިއުމަށް ސިވިލް ސިފައިން ގެންދަނީ އިލްތިމާސްކުރަމުންނެވެ.