ދަރިފުޅާއިއެކު ގަދަކަމުން ޖިންސީގުޅަން ހިންގަން ބައިވެރިޔާއަށް އެހީތެރިވެދިން މަންމައަކު 7 އަހަރަށް ޖަލަށް ލުމަށް ކްއީންސްލޭންގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
މިހާދިސާ ހިންގާފައިވަނީ މަންމަގެ އެނދުގައި ދަރިފުޅު ނިދަން އޮއްވައެވެ. ހާދިސާ ހިންގާފައިވަނީ އުމުރުން 36 އަހަރުގެ މަންމަގެ ބައިވެރިޔާގެ އެދުމަށް މަންމަ އެކަމުގައި އަމަލީ ގޮތުން ބައިވެރިވެ ދަރިފުޅުގެ ދެއަތް ހިފަހައްޓައިދިނުމުންނެވެ.
އަނިޔާވެރި އަމަލު ހިންގުމަށްފަހު އެކަމުގެ ވާހަކަ ދައްކައިފިނަމަ ކުރިމަތިވާނެ ކަންކަމުގެ ވާހަކަ ބުނެ ކުއްޖާއަށް ވަނީ ބިރު ދައްކައިފައެވެ.
އުމުރުން 15 އަހަރުގެ އަންހެން ކުއްޖާ އެއިން އެއްވެސް ކަމަކަށް ފަރުވާ ނުބަހައްޓައި ޖެހިގެން އައިދުވަހު ހޯދީ އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކުގެ އެހީތެރިކަމެވެ.
އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކުގެ އެހީތެރިކަމާއިއެކު ފުލުހުންނަށް މައްސަލަ ހުށަހެޅުމުން މައްސަލަ ތަޙްޤީޤްކުރުމަށްފަހު ކޯޓަށް ފޮނުވީއެވެ.
ކްއީންސްލޭންޑްގައިވެސް މައިން މިފަދަ އަނިޔާވެރި އަމަލުތައް ހިންގުމަކީ ޢާންމުކަމެއް ނޫނެވެ. އެހެންކަމުން މިމައްސަލައާއި ގުޅިގެން ފަނޑިޔާރުން ވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފައުޅުކޮށްފައެވެ.