ޔަހޫދީ ސިފައިން ހައްޔަރުކުރި ފަލަސްޠީނުގެ 12 އަހަރުގެ އަންހެން ކުއްޖާ 2 މަސްދުވަހަށްފަހު މިނިވަންކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޔަހޫދީ ސިފައިން ހައްޔަރުކުރި ފަލަސްޠީނުގެ 12 އަހަރުގެ އަންހެން ކުއްޖާ 2 މަސްދުވަހަށްފަހު މިނިވަންކޮށްފި
ހައްދުފަހަނައަޅައިފައިވާ ޔަހޫދީ ސިފައިން ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު ހައްޔަރުކުރި ފަލަސްޠީނުގެ އުމުރުން 12 އަަހަރުގެ އަންހެން ކުއްޖާ އިއްޔެ މިނިވަންކޮށް ފަލަސްޓީނުގެ ސަރުކަރާ ހަވާލުކޮށްފިއެވެ.

އުމުރުން 12 އަހަރުގެ ދީމާ އަލްވަވީ ޔަހޫދީ ސިފައިން ހައްޔަރުކުރީ ސްކޫލް ޔުނިފޯމުގައި ހުއްޓައެވެ. ޔަހޫދީ ސިފައިންގެ މީހަކަށް ހަމަލާދޭން އުޅުނުކަމަށް ބުނެއެވެ.

ނަމަވެސް ދީމާ އެފަދަ އެއްވެސް އަމަލެއް ކޮށްފައެއް ނުވެއެވެ. ދީމާގެ ސްކޫލް ދަބަހުގައި ކުޑަ ފިޔޮއްސެއް އޮއްވައި ފެނުމުން އެއީ ޔަހޫދީ ސިފައިންނަށް ހަމަލާދޭން ގެންގުޅުނު ފިޔޮއްސެއް ކަމަށް ޔަހޫދީ ސިފައިން ވަނީ ބުނެފައެވެ.

އެކަމުގެ އަދަބެއްގެ ގޮތުން 4 މަސް ދުވަސް ދުވަހަށް ޖަލަށް ލުމަށް ޔަހޫދީ ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެއިގެ ތެރެއިން 6ަ ހަފްތާ ފަހުން ތަންފީޒުކުރަން ވެސް ވަނީ ޙުކުމްކޮށްފައެވެ. އެހެންކަމުން ފަހުން ޔަހުދީ ސިފައިން ބޭނުންވުމުން ދީމާ އަތުލައިގަނެގެން ނުގެންދާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ.

ދީމާއަކީ ޔަހޫދީ ސިފައިން މިފަދަ ޙުކުމެއް އިއްވި އެންމެ ހަގު ކުއްޖާއެވެ. އެންމެ ފަހުން އުފެދުނު ހަމަނުޖެހުންތަކުގައި އެކަނިވެސް ޔަހޫދީ ސިފައިން ވަނީ ފަލަސްޠީނުގެ 200 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްފައެވެ.

އުމުރުން 12 އަހަރުގެ ކުއްޖަކަށް މިފަދަ ހުކުމެއްކޮށް ޖަލުގައި ބަންދުކުރުމުން އަދުލުވެރިކަމާއި އިންސާނީ ހައްޤުތައް ބޮޑުވެ ދުނިޔެއަށް ނުކަތައިގެން އުޅޭ އެމެރިކާ ކަންބޮޑުވެފައި ނުވާކަން ގިނަ ފަރާތްތަކަކުން ފާހަގަކުރެއެވެ.
މިއަދު އޮންލައިން