މައްކާއަށް ކުރި ވިއްސާރައިގަ އުމުރާވުމަށް ގޮސްތިބި އެކަކު މަރުވެ 6 މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
މައްކާއަށް ކުރި ވިއްސާރައިގަ އުމުރާވުމަށް ގޮސްތިބި އެކަކު މަރުވެ 6 މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ
މައްކާއަށް ކުރި ވިއްސާރައިގައި އުމުރާވުމަށް ގޮސްތިބި މީހުނޤގެ ތެރެއިން އެކަކު މަރުވެ 6 މީހަކަށް ބޮދެތި އަނިޔާތަކެއް ލިބިއްޖެއެވެ.

މަރުވި މީހާ މަރުވީ ބޯކޮށް ވާރޭވެހި ފެންބޮޑުވި ވަގުތަކު މައްކާގެ ސަރަހައްދެއްގައި 3 ކާރެއްޖެހި އެކްސިޑެންޓް ވުމުންނެވެ.

6 މީހުން ޒަޚަމްވީ ޖެހުނު ގަދަ ވައިގެ ސަބަބުން ޙަރަމްފުޅު ކައިރީގައި ހުރި ހޮޓަލެއްގެ ކުޑަދޮރުބަރިއެއް ވެށްޓުމުގެ ސަބަބުންނެވެ. މީގެ ތެރެއިން 4 މީހަކަށް ލިބުނު އަނިޔާތަކަށް ފަރުވާކުރުމަށް ވަނީ އެޑްމިޓްކޮށްފައެވެ.

މައްކާގެ ރެޑްކްރެސެންޓުން ބުނީ ވިއްސާރައިގެ މައުލުމާތު ކުރިން ލިބުނު ކަމަށާއި ރައްކައުތެރިވުމުގެ ގޮތުން އެލެންހުރި ފިޔަވަޅުތައް އެލި ކަމަށެވެ.
މިއަދު އޮންލައިން