ކެއުމަށްފަހު ބިލްދައްކާނެ މީހަކާމެދު ޚިޔާލުތަފާތުވުމުން ރަޙްމަތްތެރިޔާގެ ބޮލަށް ބަޑިޖަހާ މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ކެއުމަށްފަހު ބިލްދައްކާނެ މީހަކާމެދު ޚިޔާލުތަފާތުވުމުން ރަޙްމަތްތެރިޔާގެ ބޮލަށް ބަޑިޖަހާ މަރާލައިފި
ތުރުކީގެ ރެސްޓޯރަންޓަކަށް ކާން ދިއަ ދެ ރަހްމަތްތެރިންގެ ެމެދުގައި ބިލް ދައްކާނެ މީހަކާއިމެދު ޚިޔާލުތަފާތުވުމުން ރަހްމަތްތެރިޔާގެ ބޮލަށް ބަޑިޖަހައި މަރާލައިފިއެވެ.

ތުރުކީގެ ރެސްޓޯރަންޓަކަށް ކާން ދިއަ ދެ މީހަކު ކާންދިއައީ އިތުރު ދެ ރަހްމަތްތެރިންވެސް ގޮވައިގެންނެވެ. ކައި ނިމުމަށްފަހު ބިލް ގެނައުމުން ދެ މީހުންވެސް ބޭނުންވީ ބިލަށް ފައިސާ ދެއްކުމަށެވެ.

ޚިޔާލު ތަފަތުވުމުން އެއެކަކު ފުރަތަމަ ނުކުތީ ބޭރަށެވެ. ބޭރުގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު އެތެރެއަށް ވަދެ ބެލިއިރު ރަހްމަތްތެރިޔާ ވަނީ ބިލްދައްކައިފައެވެ.

އެކަމާއި ގުޅިގެން އައި ގަދަ ރުޅީގައި ރަޙްމަތްތެރިޔާގެ ބޮލަށް ބަޑިޖެހީއެވެ. އަދި އެކުގައި ގޮސްތިބި ދެ މީހުންގެ ބޮލަށްވެސް ބަޑިޖެހީއެވެ. 3 މީހުންވެސް މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށެވެ.

ބަޑި ޖެހުމަށްފަހު އޭނާ ފިލަން މަސައްކަތްކުރިއެވެ. ނަމަވެސް ފުލުހުން ވަނީ ކުޑަވަގުތުކޮޅެއްގެތެރޭގައި ތަނުގެ ސީސީޓީވީ ބެލުމަށްފަހު ބަޑިޖެހިމީހާ ހޯދައި ހައްޔަރުކޮށްފައެވެ.
މިއަދު އޮންލައިން