ސްރީލަންކާގެ އިޤްޠިޞާދު ރަނގަޅުކުރުމަށް އައިއެމްއެފުން 1.5 ބިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފިއެވެ.
އިންޓަރނޭޝަނަލް މަނޮޓަރީ ފަންޑް (އައިއެމްއެފް) އިން ލަންކާއަށް ކަނޑައަޅާފައިވާ ޗީފް ޓޮޑް ވިދާޅުވީ މިލޯނު ދިނުމަށް ސްޓާފުންގެ ފެންވަރުގައި އެއްބަސްވުފައިވާ ކަމަށާއި ނަމަވެސް އެންމެ ފަހުގެ ނިންމުން ނިންމާނީ އަންނަ ޖޫން މަހު ބާއްވާ އެގްޒެކަޓިވް މީޓިންގގައި ކަމަށެވެ.
ޗީފް ވިދާޅުވީ 3 އަަހަރު ދުވަހަށް ދޫކުރާ މިލޯނު ދޫކުރަނީ ފާއިތުވި 20 އަހަރު ވެށްޓެމުން އަންނަ ލަންކާގެ އިޤްޠިޞާދު ނަގައި ކޮޅަށްޖެހުމަށް އެހީތެރިވުމަށް ކަމަށެވެ. އަދި ލޯނު ލިބޭނީ އައިއެމްއެފުން އިން ހުށަހަޅާފައިވާ ޝަރުޠުތައް ލަންކާއިން ފުރިހަމަކުރުމުން ކަމަށެވެ.
ސްރީލަންކާގެ މިހާރުގެ ސަރުކާރުން ގެންދަނީ ޤައުމުގެ އިޤްޠިޞާދު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ރައީސް ރާޖަޕަކްސަގެ ވެރިކަމުގައި ކުރިމަތިވެފައިވާ ވައްކަމާއި ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއްގެ ސަބަބުން ސަރުކާރަށް ދަނީ ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވަމުންނެވެ.