ތެޔޮ ފީފާއެއްގެ އަގު 47 ޑޮލަރަށް އުފުލިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ތެޔޮ ފީފާއެއްގެ އަގު 47 ޑޮލަރަށް އުފުލިއްޖެ
ބައިނަލްއަޤްވާމީ ތެލުގެ ބާޒާރުގައި ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު މިދިއަ ބުރާސްފަތި ދުވަހު ހުރީ 47 އެމެރިކާ ޑޮލަރުގައެވެ. މިއީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ބަލައިފިނަމަ ރެކޯޑް އަދަދެކެވެ.

ތެލުުގެ އަގު އުފުލުނު މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ތެޔޮ ބޭރުކުރާ މީންވަރު އެމެރިކާއިން މަދުކުރުމެވެ. އަދި ތެޔޮ ނަގާއަދަދާއި ތެލުގެ އަގު ކޮންޓްރޯލު ކުރުމަށް މިހައިތަނަށް ކުރެވުނު މަޝްވަރާތައް ފެއިލްވެފައިވުމެވެ.

މިކަމަށްޓައި ކުރީ ހަފްތާގައި ޤަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި ބައްދަލުވުމުގައި އީރާނުން ބައިވެރިނުވުމުން އެބައްދަލުވުން ވެސް ވަނީ ފެއިލްވެފައެވެ.

މިއަހަރު ފެށުނުއިރު ސާފުނުކުރާ ތެޔޮ ފިފާއެއްގެ އަގު 30 ޑޮލަރުގައި ހުރިނަމަވެސް މިއަހަރުގެ އެވްރެޖް އަގަކަށް 50 ޑޮލަރު ވެގެންދާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ. އެހެންކަމަށްވާނަމަ އެއީ ވަރަށް ބޮޑު އަދަދެއް މަތިވުމެވެ.
މިއަދު އޮންލައިން