ދެއަހަރާބައިގެ ކުއްޖަކަށް ޖެހުނު ވަޒަނަކުން މަންމަ މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ދެއަހަރާބައިގެ ކުއްޖަކަށް ޖެހުނު ވަޒަނަކުން މަންމަ މަރުވެއްޖެ
އުމުރުން ދެ އަހަރާއި ބައިގެ ކުޑަކުއްޖަކަށް ޖެހުނު ވަޒަނަކުން އޭނާގެ މަންނަ މަރުވެއްޖެއެވެ.

މިހާދިސާ ހިނގަން މެދުވެރިވީ އެމެރިކާގެ ވޮޝިންގޓަނުގައެވެ. މަންމަ ކާރު ދުއްވަމުން ދިއައީ ފަހަތު ސީޓުގައި ދަރިފުޅު ބައިންދައިގެންނެވެ.

ދުއްވަމުން ދަނިކޮށް ކުއްޖާއަށް ޑްރައިވަރު ސީޓުގެ ދަށުގައި ބާއްވާފައި އޮތް 40 ސީ ކަލިބަރ ފިސްތޯލައެއް ފެނުމުން ނަގައި ކުޅެލެވުނީއެވެ. ވަޒަން އަމާޒުވީ މަންމަގެ ބޮލަށެވެ.

ފުލުހުން ބުނީ އުމުރުން 26 އަހަރުގެ ޒުވާން މަންމަ ފުލުހުންނަށް ފެނުނުއިރުވެސް މަރުވެފައިވާ ކަމަށެވެ.

މަރުވި އަންހެން މިހާގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅަކީ 3 ދަރިންގެ މަންމަ ކަމަށާއި އެދަރިފުޅަކީ އޭނާގެ ވަރަށް ޚާއްޞަ ދަރިއެއް ކަމަށެވެ. އަދި ދަރިފުޅު ނެތި ދިއުމަކީ އޭނާގެ ހިތުގެ އެއްބައި ނެތިދިއުން ކަމަށެވެ.

ފުލުހުންގެ ތަޙްޤީޤުން އެނގުނު ގޮތުގައި އެ ފިސްތޯލައަލައަކީ އޭނާގެ ބޮޑީ ގާޑް އަދި ރައްޓެހިވެގެން އުޅޭ މިހާގެ އެއްޗެކެވެ. އާންމުކޮށް އެ ކާރު ދުއްވަނީ އޭނާ ކަމަށްވާތީ ސީޓު ދަށުގައި ފިސްތޯލަ ބޭއްވިފައި އޮތީއެވެ.
މިއަދު އޮންލައިން