ޒުވާނުންނަކީ ކިޔަވަމުންވެސް މަސައްކަތްކުރާ ބައަކަށް ވުމަށް ޗައިނާގެ ރައީސް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޒުވާނުންނަކީ ކިޔަވަމުންވެސް މަސައްކަތްކުރާ ބައަކަށް ވުމަށް ޗައިނާގެ ރައީސް ގޮވާލައްވައިފި
ޗައިނާގެ ޒުވާނުންނަކީ ކިޔަވަމުންވެސް މަސައްކަތްކުރާ ބައަކަށް ވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ މެއި މަހުގެ 4 ވަނަ ދުވަހު ޗައިނާގައި ފާހަގަކުރާ އެޤައުމުގެ ޒުވާނުންގެ ދުވަހާއި ގުޅިގެން ކުރިއަށް ދެއްވެވި ޚިޠާބެއްގައެވެ.

ރައީސް ޝީ ވިދާޅުވީ ޤައުމު ކުރިއެރުވުމުގެ މަސްއޫލިއްޔަތު އަދާކުރަންތިބި ބައަކީ ޤައުމުގެ ޒުވާނުން ކަމަށްވާއިރު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ޤައުމުގެ ހަމަޖެހުމަށާއި އިޤްޠިޞަދީ ކުރިއެރުމަށް ކަމަށެވެ. އަދި އިޤްޠިޞާދީ ކުރިއެރުން ލިބޭނީ އުފެއްދުންތެރިކަން އިތުރުކުރި މިންވަރަކުން ކަަމަށްވާއިރު ޒުވާނުންނަކީ ވީހައި އުފެއްދުންތެރި ބައަކަށް ވުމަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ.

ރައީސް ޝީ ވިދާޅުވީ ކިޔެވުމަށް ސަމާލުކަންދޭންޖެހޭނެ ކަމަށާއި ކިޔަވަމުން ވެސް ކުރެވޭނެ މަސައްކަތްތައް ހުންނާނެ ކަމަށެވެ. އެހެންކަމުން ކިޔަވަމުން ގެންދާއިރުވެސް މަސައްކަތެއް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ރައީސް ޝީ ވިދާޅުވީ ޒުވާނުންނަކީ ވިސްނުންތެރި ތޫނުފިލި ބައެއް ކަމަށާއި އައު އީޖާދުތައް ކުރެވޭނީ ޒުވާނުންނަށް ކަމަށެވެ. ރައީސް ޝީ ވަނީ ޒުވާނުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށް ޗައިނާގެ ވެރިކަންކުރާ ސީޕީސީގެ ހުރިހައި ގޮފިތަކަށް އިލްތިމާސްކުރައްވައިފައެވެ.
މިއަދު އޮންލައިން