ނަރުހުންގެ ދުވަސް ފާހަގަކުރުމަށް އައްޑޫގައި ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ނަރުހުންގެ ފުޓުސަލް މެޗެއް މާދަމާ އޮންނާނެއެވެ.
މިމެޗުގައި ބައްދަލުކުރާނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގެ ނަރުހުންނާއި، މަރަދޫ ހެލްތު ސެންޓަރު (އެމްއެޗުސީ) ނަރުހުން ކަމަށް އެޗުއާރުއެޗުން މައުލޫމާތު ދެއްވިއެވެ.
މިމެޗު ފަށާނީ މާދަމާ ހަވީރު 4.00 ގައެވެ. މެޗު އޮންނާނީ ހިތަދޫ ފުޓުސަލް ދަނޑުގައެވެ.
ނަރުހުންގެ ދުވަސްފާހަގަ ކުރުމަށްޓަކައި އައްޑޫގައި މިހާތަނަށްވަނީ ތަފާތު ކަންކަން ކުރިއަށް ގެންގޮސްފައެވެ. މިމަހުގެ 12 ވަނަދުވަހު އޮންނާނީ ދުވަހާގުޅިގެން ބާއްވާ ޚާއްސަ ފަރިއްކޮޅެކެވެ.