އައްޑޫ ހިތަދޫ ޒޯންސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ މައިލޯ އިންޓަރސްކޫލް ފުޓުބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން އައްޑޫހައިސްކޫލް މޮޅުވެއްޖެއެވެ.
އެސްކޫލާ މިއަދު ބައްދަލުކުރީ އިރުޝާދިއްޔާ ސްކޫލެވެ. އެމެޗުން އައްޑޫހައިސްކޫލް މޮޅުވީ 4 ލަނޑު 2 ލަނޑުންނެވެ.
މިމުބާރާތުގެ މެޗެއް އިއްޔެވެސް ކުޅުނެވެ. ބައްދަލުކުރީ އަތޮޅުމަދަރުސާއާއި ހިތަދޫ ސްކޫލެވެ. މިމެޗު 4 ލަނޑު 3 ލަނޑުން ކާމިޔާބުކުރީ ހިތަދޫ ސްކޫލެވެ. މާދަމާވެސް މިމުބާރާތުގެ މެޗެއް އޮންނާނެއެވެ. ބައްދަލުކުރާނީ ޝަރަފުއްދީންސްކޫލާއި ހިތަދޫސްކޫލެވެ.
މިއީ އެފްއޭއެމުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެވެ. މުބާރާތުގައި ޖުމްލަ ފަސް ސްކޫލަކުން ބައިވެރިވެފައިވެއެވެ. އެއީ އިރުޝާދިއްޔާ، ޝަރަފުއްދީން، ހިތަދޫސްކޫލް، އަތޮޅު މަދަރުސާ، އައްޑޫހައިސްކޫލެވެ.
ލީގު އުސޫލުން ކުޅޭ މިމުބާރާތުގެ ފައިނަލް ކުޅޭނީ އެންމެގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ފައިނަލް ކުޅޭނީ މޭމަހުގެ 7 ވަނަ ދުވަހު ހަވީރު 4.00 ގައެވެ. ފައިނަލް މެޗުވެސް އޮންނާނީ ޒޯންސްޓޭޑިއަމުގައެވެ.