ޖޯންސަން އެންޑް ޖޯންސަން ބޭބީ ފުށުން ކެންސަރު ޖެހުނު އަންހެނަކަށް 55 މިލިއަން ޑޮލަރުގެ ބަދަލުދޭން ޙުކުމްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޖޯންސަން އެންޑް ޖޯންސަން ބޭބީ ފުށުން ކެންސަރު ޖެހުނު އަންހެނަކަށް 55 މިލިއަން ޑޮލަރުގެ ބަދަލުދޭން ޙުކުމްކޮށްފި
ކުޑަކުދިންގެ ތަފާތު އުފެއްދުންތައް އުފައްދަމުން ގެންދާ ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ އުފެއްދުމެއް ކަމަށްވާ ބޭބީ ޕަވްޑަރު (ކުދިންގެ ގައިގާ ޖަހާ ފުށް) ބޭނުންކުރި އަންހެނަކަށް ކެންސަރު ޖެހުނު މައްސަލައެއްގައި 55 މިލިއަން އެމެރިކާ ޑޮލަރުގެ ބަދަލެއް ދިނުމަށް ކޯޓުން ޙުކުމްކޮށްފިއެވެ.

އެެމެރިކާގެ މިސޫރީގެ ކޯޓުން ކުރި ޙުކުމް އިސްތިއުނާފްކުރާނެ ކަމަށް އެކުންފުނިން ބުނި ނަމަވެސް މިފުށާއި ގުޅިގެން މިހާރުވެސް ކޯޓުތަކުގައި 1200 ވަރަކަށް މައްސަލަ އެބައޮތެވެ. ކުންފުނީގެ ތަރުޖަމާނު ކެރޯލް ބުނީ އެކުންފުނީގެ އުފެއްދުންތަކަކީ 30 އަހަރުގެ ތަޖުރިބާ އާއިއެކު އުފައްދަމުން ގެންދާ އުފެއްދުންތަކެއް ކަމަށެވެ.

ގްލޯރިއާ ބުނީ އޭނާއަކީ ފައިވަޅާއި އެސަރަހައްދު ސާފުކުރުމަށް ޖޯންސަން އެންޑް ޖޯންސަން ބޭބީ ފުށާއި އެކުންފުނީގެ ޝަވަރ ޓު ޝަވަރ ފުށް ބޭނުންކުރަމުން އައި އަންހެނެއް ކަމަށެވެ. ނަމަވެސް ޓެސްޓްތަކުން ދައްކާގޮތުން އޭނާގެ ރަޙިމަށް ކެންސަރު ޖެހުނީ އެފުށުގެ ސަބަބުން ކަމަށެވެ.

ކޯޓުގެ ހުކުމުގައި ވަނީ 5 މިލިއަން ޑޮލަރަކީ ލިބުނު ގެއްލުމުގެ ބަދަލު ކަމަށާއި 50 މިލިއަން ޑޮލަރަކީ ކުންފުންޏަށްދޭ އަދަބެއް ކަމަށެވެ. ގްލޯރިއާ މިހާރު ވަނީ ކެންސަރުން ސަލާމަތްވެފައެވެ.

މިފަދަ މައްސަލަތަކާއި ގުޅިގެން އެކުންފުނީގެ ޙިއްޞާގެ އަގު މިހާރު ދަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ.

ޖޯންސަން އެންޑް ޖޯންސަންގެ އުފެއްދުންތަކަކީ ގިނަ އަދަދެއްގެ ދިވެހިން ވެސް ބޭނުންކުރާ ބާވަތްތަކެކެވެ.
މިއަދު އޮންލައިން