ލޯޑްކޮށްފައި އޮތް ބަޑިއެއް ހިފައިގެން ސެލްފީ ނަގަން އުޅެނިކޮށް ބޮލަށް ވަޒަން އަރައި ޒުވާނަކު މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ލޯޑްކޮށްފައި އޮތް ބަޑިއެއް ހިފައިގެން ސެލްފީ ނަގަން އުޅެނިކޮށް ބޮލަށް ވަޒަން އަރައި ޒުވާނަކު މަރުވެއްޖެ
ލޯޑްކޮށްފައި އޮތް ބަޑިއެއް ހިފައިގެން ސެލްފީ ނަގަން އުޅުނު އުމުރުން 15 އަހަރުގެ އިންޑިއާ ޒުވާނެއްގެ ބޮލަށް ވަޒަން އަރައި މަރުވެއްޖެއެވެ.

މިހާދިސާ ހިނގަން މެދުވެރިވީ އިންޑިއާގެ ޕަންޖާބް ސްޓޭޓްގެ ޕަތަންކޮޓްގައި ހުންނަ އޭނާގެ ޢާއިލީގޭގައި ސެލްފީއެއް ނަގަން އުޅުމުގެތެރޭގައި އަތުގައި އޮތް ބަޑިއެއްގެ ޓްރިގަރއަށް ފިއްތައިލެވުމުން ނުކުތް ވަޒަން ބޮލަށް އަރައިގެންނެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގާފައިވަނީ މިދިއަ އާދީއްތަ ދުވަހު ކަމަށާއި ޒުވާނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އިންޑިއާއަކީ އަމިއްލައަށް ސެލްފީ ނަގަން އުޅުމުގެ ތެރޭގައި އެންމެ ގިނައިން މީހުންމަރުވާ އެއް ޤައުމެވެ. އެމެރިކާގެ ޑާޓާ ބޭސްއަކުން ދައްކާގޮތުން 2014 ވަނަ އަހަރުން ފެށިގެން ސެލްފީ ނަގަން އުޅުމުގެ ތެރޭގައި މަރުވެފައިވަނީ 49 މީހުންނެވެ. އެއިގެތެރެއިން 19 މީހުން މަރުވެފައިވަނީ އިންޑިއާގައެވެ.

މިކަމާއި ގުޅިގެން މުމްބާއީ ފަދަ ބައެއް ސިޓީތަކުގައި ނުރައްކާތެރި ހާލަތުގައި ސެލްފީ ނަގާމީހުން ގެންދަނީ 1200 ރުޕީސް އިން ޖުރުމަނާކުރަމުންނެވެ. އަދި އަމިއްލަ ފުރާނައަށް ގެއްލުމެއް ލިބިދާނެ ފަދަ ހާލަތްތަކުގައި ސެލްފީ ނުނެގުމަށް ދަނީ އިންޒާރުދެމުންނެވެ.
މިއަދު އޮންލައިން