އޮސްޓްރޭލިއާގެ ސިގިރޭޓް ފޮށްޓެއްގެ އަގު 45 ޑޮލަރަށްވުރެ ބޮޑުކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
އޮސްޓްރޭލިއާގެ ސިގިރޭޓް ފޮށްޓެއްގެ އަގު 45 ޑޮލަރަށްވުރެ ބޮޑުކުރަނީ
އޮސްޓްރޭލިއާގައި ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުވުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެދަށުން ސިގިރޭޓް ފޮށްޓެއްގެ އަގު 45 ޑޮލަރަށްވުރެ ބޮޑުކުރަން ނިންމައިފިއެވެ.

މިކަމަށް ހިންގާ ޕްރޮގްރާމުގެދަށުން 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 12.5 އިންސައްތަ ޓެކްސްއަށް އިތުރުކުރާނެއެވެ. އެހެންކަމުން 2020 ގައި އޮސްޓްރޭލިއާގައި ސިގިރޭޓް ފޮށްޓެއްގެ އަގު ހުންނާނީ 45 އަށްވުރެ މަތީގައެވެ. އަދި އަގަށް ގެންނަ މި ބަދަލު ދުންފަތުގެ ހުރިހައި ބާވަތަކަށްވެސް ގެންނާނެއެވެ.

އޮސްޓްރޭލިޔާގެ މާލީ ވުޒާރާއިން ބުނެފައިވަނީ ސިގިރޭޓުން 70 އިންސައްތަ ޓެކްސް އިތުރުކުރަން ޑަބްލިޔޫއެޗްއޯ އިން ލަފާދީފައިވާ ކަމަށެވެ. "އަހަރެމެން މިގެންނަ ބަދަލުގެ ސަބަބުން އިތުރުވާނީ 69 އިންސައްތަ. އެހެންވީމާ ޑަބްލިޔޫއެޗްއޯގެ މިންގަނޑުތަކަށް ބަރާބަރަށް ފެތޭނެ."

އޮސްޓްރޭލިއާ ސަރުކާރުން ބުނެފައިވަނީ ދުންފަތުގެ ބާވަތްތަކުގެ ޓެކްސްއަށް މިހާރުވެސް ބަދަލުތައް ގެންނަ ކަމަށާއި އެކަމުގެ ނަތީޖާވެސް އަންނަނީ ފެންނަމުން ކަމަށެވެ. "1993 ވަނަ އަހަރު ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިޞްބަތަކީ 25 އިންސައްތަ. ނަމަވެސް 2013 ވަނަ އަހަރު އެ އަދަދު ވަނީ 15 އިންސައްތައަށް ދަށްވެފަ."

އޮސްޓްރޭލިއާއަށް ޑިޔުޓީ ފްރީކޮށް މިހާރު އެތެރެކުރެވެނީ މީހަކަށް މަހަކު 2 ފޮށި ސިގިރޭޓެވެ.
މިއަދު އޮންލައިން