ރަން ގަމީހެއްލައި ދުނިޔޭގެ އެންމެ އަގުބޮޑު ގަމީސް ލުމުގެ ރެކޯޑް އިންޑިއާ މީހަކު ހޯދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރަން ގަމީހެއްލައި ދުނިޔޭގެ އެންމެ އަގުބޮޑު ގަމީސް ލުމުގެ ރެކޯޑް އިންޑިއާ މީހަކު ހޯދައިފި
ގިނަ އަދަދެއްގެ ރަން ހިމެނޭ ގަމީހެއްލައިގެން އެންމެ އަގު ބޮޑު ރަން ގަމީސް ލުމުގެ ދުނިޔޭގެ ރެކޯޑް އިންޑިއާގެ މަހަރަޝްތްރާގެ މަހުޖަނަކު ޙޯދައިފިއެވެ.

ސްކޫލުން ފެއިލްވުމުން އަމިއްލަ މަސައްކަތުން ފޭރާމުގެ ވިޔަފާރިއެއް ފަށައި ކާމިޔާބު މަހުޖަނަކަށްވެފައިވާ އުމުރުން 47 އަހަރުގެ ޕަރަކް މި ރެކޯޑް ހޯދީ 9،835،099 ރުޕީސްގެ އަގުހުރި ގަމީހެއްލައިގެންނެވެ.

4.1 ކިލޯގެ ބަރުދަންހުރި މިގަމީހާއިއެކު ބޭނުންކުރުމަށް އޭނާ ތައްޔާރުކޮށްފައިވާ އިތުރު ގަހަނާތަކާއިއެކު ޖުމުލަ 10 ކިލޯ ބަރުދަން މިހާރު އުފުލަންޖެހެއެވެ. މިތަކެތީގެ އަގު މިހާރު ވަނީ 13 މިލިއަން ރުޕީސްއަށް އަރައިފައެވެ.

ޕަރަކް ބުނީ އެނާއަށް ނުކިޔެވުނީ ފަޤީރުކަމުން ކަމަށެވެ. އެހެންކަމާއިއެކުވެސް އަަބަދުވެސް ރަނަށް ޝައުޤުވެރިކަން ހުންނަ ކަމަށެވެ. "މީގެ 25 އަހަރު ކުރިން އަހަރެން ކައިވެނި ކުރި ހަފްލާގައިވެސް އަނބި (ޕްރަބާ) ގެ ގައަށްވުރެ އަހަރެންގެ ގައިގަ ރަން ގިނަވާނެ."

ޕަރަކްއަކީ އޭނާގެ އަނބިމީހާ އަށާއި ދެ ދަރިންގެ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ މީހެކެވެ. "އަހަރެމެންގެ ހުރިހާ ސަމާލުކަމެއް މިހާރު ހުރީ ދެ ދަރިންގެ ކިޔެވުމަށް."

ޕްރަކް ބުނީ އޭނާއަކީ މަހަރަޝްތްރާގެ ފަޤިރު އަވަށަކަށް ނިޞްބަތްވާ ވަރަށް އާދައިގެ މީހެއް ކަމަށާއި ދުނިޔޭގެ ފެންވަރުގައި މިލުބުނު ރީތި ނަމުގެ ސަބަބުން އޭނާގެ އަވަށް ދުނިޔެއަށް އިޝްތިހާރުވެއްޖެ ކަމަށެވެ. އަދި މިއީ އޭނާ ކުރިން އުންމީދުކޮށްގެން ވެސް ހުރި ކަމެއް ނޫން ކަމަށެވެ.

ޕްރަކް އަކީ ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީގެ ޔެއޯލާ ޓައުން ގޮފީގެ ޑިޕިޔުޓީ މޭޔަރއެވެ. އަދި އޭނާ ނިޞްބަތްވަނީ މުމްބާއީ އާއި 260 ކިލޯމީޓަރު ދުރުގައި އޮންނަ ނާޝިކް ޑިސްޓްރިކްޓްއަށެވެ.
މިއަދު އޮންލައިން