ފްލައިޓްގައި އުފަންވި ދަރިފުޅު ސަލާމަތްކުރަން ފްލައިޓް އިންޑިއާއަށް ޖެއްސި ނަމަވެސް ދަރިފުޅު ނިޔާވެ ހިތާމައަކަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ފްލައިޓްގައި އުފަންވި ދަރިފުޅު ސަލާމަތްކުރަން ފްލައިޓް އިންޑިއާއަށް ޖެއްސި ނަމަވެސް ދަރިފުޅު ނިޔާވެ ހިތާމައަކަށް
ޔޫއޭއީ އިން ފުރައިގެން ފިލިޕިންސްއަށް ދަތުރުކުރި އެމިރޭޓްސް ފްލައިޓަކުން ދަތުރުކުރި ނަރުހަކު ކުއްލިއަކަށް ބަނޑުގައި ރިއްސައި ދުވަސް ނުފުރާ ވިހެއުމުން ދަރިފުޅުގެ ފުރާނަ ސަލާމަތްކުރުމުގެ ބޭނުމުގައި ކުއްލި ހާލަތުގައި ފްލައިޓް އިންޑިއާއަށް ޖެއްސިއެވެ. ޕައިލެޓާއި ކްރޫންނަށް ފޯރުކޮށްދެވެން އޮތް ހުރިހައި އެހީތެރިކަމެއް ފޯރުކޮށްދިނެވެ.

ޝަމްސް އާބާދުގެ ރަޖީވް ގާނދީ އިންޓަރނޭޝަނަލް އެއާޕޯޓުގައި ފްލައިޓް ޖެއްސުމާއިއެކު ކުއްލި ޙާލަތުގައި އެއަރޕޯޓުގެ މެޑިކަލް ރޫމަށް ގެންދިއުމަށްފަހު އިތުރު ފަރުވާއަށް ބޭނުންވާތީ ގްރޭސް އެލެކްސެންޑްރިއާ ގެންދެވުނީ ޖުބިލީ ހިލްސް ހޮސްޕިޓަލަށެވެ. ދަރިފުޅު ނިޔާވީ އެހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ދަރިފުޅު ނިޔާވުމުން ގްރޭސްއަށް ކުރިމަތިވީ މާބޮޑު މައްސަލައެކެވެ. އެ ސަރަހައްދުގައި ހުންނަ ސަލީބީންގެ ސަހަރާއިން ޖާގަ ވިއްކަނީ ހަމައެކަނި އަވަށްޓެރިންނަށް ކަމަށްވުމުންނެވެ. ނަމަވެސް ކުލުނުހުރި ބައެއްގެ އެހީގައި އެމައްސަލަ ވަނީ ހައްލުކޮށްދީފައެވެ.
ގްރޭސްގެ ހޮސްޕިޓަލް ބިލްތައް ދެއްކުމަށް ސަރަހައްދީ ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ގްރޭސް ަކީ ޔޫއޭއީގެ ހޮސްޕިޓަލެއްގައި ޚިދުމަތްކުރާ ނަރުހެކެވެ. އޭނާ މަސައްކަތްކުރީ ޗުއްޓީ ނަގައިގެން ދަރިފުޅު ވިހެއުމަށް ޤައުމަށް ދިއުމަށެވެ. ނަމަވެސް ދަތުރުމަތީގައި ހާލަތު މުޅިން އެހެންގޮތަކަށް ބަދަލުވެގެންދިއައީއެވެ.

މިހާދިސާ އާއި ގުޅިގެން ބައެއް މީހުން ބުނެފައިވަނީ އުފަންވާނެ ތަނަކާއި މަރުވާނެ ތަނެއް އަދި ވަޅުލެވޭނެ ބިމެއް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ކަމަށެވެ. ނޫންނަމަ އިންޑިއާގައި ޖައްސަން ހަމަޖަހިފައި ނެތް ފްލައިޓެއް އިންޑިއާއަށް ޖެއްސޭނެ ގޮތް މެދުވެރިނުވާނެ ކަމަށެވެ.
މިއަދު އޮންލައިން