ކުރޮޅިއަކަށްއެރި ނަރުސްކަން ކިޔަވާ ކުއްޖަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ކުރޮޅިއަކަށްއެރި ނަރުސްކަން ކިޔަވާ ކުއްޖަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގައިފި
ކުރޮޅިއަކަށް އެރި ނަރުސްކަން ކިޔަވާ އުމުރުން 19 އަހަރުގެ އަންހެންކުއްޖަކާއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގައިފިއެވެ.

އޭނާ ބުނީ އޭނާ އެރީ އޭނާއަށް އެނގޭ، ދެކެ ފަރިތަ މީހެއްގެ ކުރޮޅިއަކަށް ކަމަށެވެ. ނަމަވެސް ވަކި ހިސާބަކުން އިތުރު ދެމީހަކު ކުރޮޅިއަށް އަރުވައިގެން ގޮސް މީހުން ނުއުޅޭ ސަރަހައްދެއްގައި 3 ފިރިހެނުންވެގެން އޭނާއާއިއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގީ ކަމަށެވެ.

އެވަގުތު އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން ހެއަށް ގޮތްވެފައި އޮތުމަށްފަހު ހޭއެރިއިރު އެ 3 މީހުން ވަނީ ފިލައިފައެވެ. އޭނާ އެތަނުން ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންދިއައީ އޭނާ ރޯއަޑު އިވުނު ބައެކެވެ.

މިހާރު އޭނާއަށް ގެންދަނީ ޓްރިވެންޑްރަމްގެ މެޑިކަލްކޮލެޖުގައި ފަރުވާދެމުންނެވެ. ފުލުހުން ގެންދަނީ އެ 3 މީހުން ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

މިހާދިސާ ހިނގާފައިވަނީ ޓްރިވެންޑްރަމާއި ދާދި ކައިރީގައި އޮންނަ ވަރަކަލަ ބްރިޖް ކައިރީ ސަރަހައްދެއްގައެވެ. މިދިއަ ހަފްތާގައި އަރްނާކުލަމްގައި ވެސް ވަނީ އަންހެން ދަރިވަރަކާއިއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގުމަށްފަހު މަރައިލައިފައެވެ.
މިއަދު އޮންލައިން