މައްކާގެ ސަރަޙައްދުގައި ހަރަކާތްތެރިވި އައިއެސްގެ ބައަކު އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
މައްކާގެ ސަރަޙައްދުގައި ހަރަކާތްތެރިވި އައިއެސްގެ ބައަކު  އަތުލައިގެންފި
މައްކާގެ ސަރަހައްދެއްގައި ހަރަކާތްތެރިވި އައިއެސްގެ ހަނގުރާމަވެރިންގެ ބައަކު ސައުދީ ސިފައިން އަތުލައިގެންފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އެތަނުގައި ހަރަކާތްތެރިވީ އައިއެސްގެ 5 މީހެކެވެ. އަދި ސިފައިން ހިންގި އޮޕަރޭޝަނުގައި ބައަކު ވަނީ މަރުވެފައެވެ. އަދި ބައެއް މީހުން ވަނީ ޒަޚަމްވެފައެވެ.

ސިފައިން މިއަދު ހިންގި މިއޮޕަރޭޝަނަށް ވައިގެ މަގުން ހެލިކޮޕްޓަރުގައިވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި އޮޕަރޭޝަނާއިބެހޭ ތަފްޞީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން އައިއެސްގެ ހަނގުރާމަވެރިން ހަރަކާތްތެރިވީ ވަދީ ނޫމާން ސަރަހައްދުގައެވެ. ބިޝާ ޕްރޮވިންސްގައި ހަރަކާތްތެރިވި އައިއެސްގެ ހަނގުރާމަވެރިންގެ ބައަކު އާދީއްތަ ދުވަހު ވަނީ އަތުލައިގެންފައެވެ. އެ ހާދިސާގައިވެސް ހަނގުރާމަވެރިންގެ ބައަކު ވަނީ މަރުވެފައެވެ.

އައިއެސްގެ ހަނގުރާމަވެރިންގެ ހަރަކާތްތައް އިތުރުވެފައިމިވަނީ މިދިއަ އަހަރު އަސްކަރީން ބޭނުންކުރާ މިސްކިތަކަށް އައިއެސް އިން ޖާނުން ފިދާވެގެން ދިން ހަމަލާގައި ބައިވެރިވި ޔޫކަބް އަތިބި ސިފައިން ހައްޔަރުކުރުމާއި ގުޅިގެންނެވެ.
މިއަދު އޮންލައިން