"ޓެރަރިސްޓުންގެ" މަރުކަޒަކަށް އިޒްރޭލުން މިއަދު ދިން ހަމަލާގައި ޒަޚަމްވީ 3 ކުޑަކުދިންނާ 65 އަހަރުގެ މީހެއް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
"ޓެރަރިސްޓުންގެ" މަރުކަޒަކަށް އިޒްރޭލުން މިއަދު ދިން ހަމަލާގައި ޒަޚަމްވީ 3 ކުޑަކުދިންނާ 65 އަހަރުގެ މީހެއް
ހަމާސް ޖަމާއަތުން ހަތިޔާރު އުފައްދާ "ޓެރަރިސްޓުންގެ 4 މަރުކަޒަކަށް" ކަމަށްބުނެ އިޒްރޭލުގެ ސިފައިން މިއަދު ދިން ވައިގެ ހަމަލާތަކުގައި ޒަޚަމްވީ 3 ކުޑަކުދިންނާއި 65 އަހަރުގެ މީހެކެވެ.

އިޒްރޭލުން ފުރަތަމަ ބުނީ ހަމަލާ ދިނީ ހަމާސް ޖަމާއަތުން މޯޓަރު ބަޑިން އިއްޔެ ހަމަލާދިނުމުން ކަމަށެވެ. އެ ހަމަލާގައި އިޒްރޭލު ސިފައިންގެ އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށާއި އެއީ ވަރަށް ނުރައްކާތެރި ހަމަލާއެއް ކަމަށެވެ.

2014 ވަނަ އަހަރުގެ ރަމަޟާންމަހަކީ ޣާޒާގެ ރައްޔިތުންނަށް އެންމެ ގިނަ ހަމަލާތައް ދިން މަހެވެ. އަދި އެންމެ ގިނަ ބައަކު މަރުވެ ޣާޒާ ފުނޑުފުނޑުވެގެންދިއަ މަހެވެ.

މިއަހަރުވެސް ކޮންމެވެސް ބަހަނާތަކެއް ދައްކައިގެން އެފަދަ ހަމަލާތަކެއް ދިނުން ކައިރި ކަމަށް ބެލެވެއެވެ.
މިއަދު އޮންލައިން