ފިލިޕިންސްގެ ރިޔާސީ އިންތިޚާބު ނިމުމަކަށް އަންނައިރު ކުރި ހޯއްދަވާނެ ބެލެވެނީ ޤައުމުން ކުށްކުރުން ނައްތަވައިލައްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ރޮޑްރިގޯ ޑިޔުޓަރޓޯ އެވެ. ކުރިއަށް 24 ގަޑިއިރުގެ ތެރޭގައި ނަތީޖާ ނެރެވޭނެ ކަމަށް ބެލެވެއެވެ.
ވޯޓާއި ގުޅިގެން މިހާރުވެސް ވަނީ މައްސަލަތައް އުފެދި ވޯޓިންގ ސިސްޓަމުގެ އިތުބާރު ގެއްލިފައެވެ. މީގެ ދެ ހަފްތާއެއްހައި ދުވަސް ކުރިއާއި ހަމައަށް ސިސްޓަމް "ހައިޖެކްކޮށްފައި" ހުރުމުންނެވެ.
އިންތިޚާބާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި މިހާރުވެސް ވަނީ 15 މީހަކު މަރުވެފައެވެ.
ރައްޔިތުންގެ ގިނަ ބައަކު ބުނަނީ މި އިންތިޚާބާއި ގުޅިގެންވެސް ރިޝްވަތުގެ ގިނަ ކަންތައްތަކެއްވެސް ހިނގާފައިވާ ކަމަށާއި ނަތީޖާާ އާއިމެދު އިތުބާރުކުރަން އުނދަނގޫ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިންތިޚާބަކީ ދެފުށް ފެންނަ އިންތިޚާބަކަށް ހަދާނެ ކަމަށެވެ.