އިންޑިއަން އެކްސްޕްރެސްގެ ފޮޓޮގްރާފަރ ރަވީ ކަނޯޖިއާ، ނޫހަށް ފޮޓޯ ނަގަން އުޅެނިކޮށް ކަރަންޓުގަ ޖެހި މަރުވެއްޖެއެވެ.
އަބަދުވެސް ހިނިތުންވެފައި ހުންނަ، މިހާރު އިންޑިއަން އެކްސްޕްރެސްގެ ނިޔުދިއްލީ ގޮފީގައި މަސައްކަތްކުރާ ރަވީ އޭނާގެ މަސައްކަތުގައި ވީހައި ރަނގަޅު ފޮޓޯއެއް ނެގޭތޯ މަސައްކަތްކުރާ ފޮޓޮގްރާފަރެކެވެ.
ހޯމަ ދުވަހު ހެނދުނު އޭނާ އޮފީހުން ނުކުތީ ބަންދުލެކަންދަށް ކުރިމަތިވެފައިވާ ހަނަފަސްކަން ފޮޓޯ ނެގުމަށެވެ. ރަވީ މަސައްކަތްކުރީ އެއިރު ފެންބަރުކޮށްގެން އައިސް އޮތް ޜޭލެއް ފޮޓޯ ނެގުމަށެވެ. އެމަސައްކަތުގައި އުޅެނިކޮށް ދަމާފައި އޮތް ކަރަންޓް ވައިރެއްގައި ޖެހެވުނު ވަގުތު ވައިރަށް ހުރީ ކަރަންޓް އައިސްފައެވެ. ރަވީގެ ގައަށް އައި ކަރަންތް ޝޮކްވޭވްސްގެ ސަބަބުން ނިޔާވީއެވެ.
ރަވީއަކީ އޭނާގގެ މަސައްކަތުގެ ފެންވަރު ރަނގަޅުކަމުން އިންޑިއަން އެކްސްޕްރެސްގެ އެންމެންގެ ލޯބި ލިބިފައިވާ ފޮޓޮގްރާފަރެކެވެ. އަދި ކައިވެންޏެއް ނުކޮށްހުރި ރަވީގެ މަންމައާއި ބައްޕަގެ އިތުރުން އެއްބަނޑު އެއްބަފާ އަންހެން 3 ބެއިން ދުނިޔޭގައި އެބަތިއްބެވެ.