އިރާޤުގެ 4 ސަރަހައްދެއްގައި ބޮންގޮއްވައި 88 މީހުން މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
އިރާޤުގެ 4 ސަރަހައްދެއްގައި ބޮންގޮއްވައި 88 މީހުން މަރާލައިފި
އިރާޤްގެ 4 ސަރަހައްދެއްގައި ބޮން ގޮއްވައި 88 މީހުން މަރާލައި އެތައް ސަތޭކަ ބައަކު މިއަދު މަރާލައިފިއެވެ.

މީގެ ތެރެއިން އެންމެ ބޮޑުު ހަމަލާ ދީފައިވަނީ ސަދްރް ސިޓީގައި ގިނަ އަދަދެއްގެ ގޮވާތަކެތި ހުރި ވެހިކަލެއްގޮއްވާލައިގެންނެވެ. އެ ހާދިސާގައި އެކަނިވެސް 61 މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އިރާޤްގެ ފުލުހުން ބުނީ މިހާދިސާ ހިންގާފައިވަނީ ގިނަ ބައަކު ބާޒާރުކުރަން ގޮސް އުޅޭ ސަރަހައްދެއްގައިކަމަށްވުމުން ގިނައިން މަރުވެފައިވަނީ އަންހެނުން ކަމަށެވެ.

މިހާދިސާ ތަކުގެ ޒިންމާ އައިސިސް އިން ވަނީ އުފުލައިފައެވެ.
މިއަދު އޮންލައިން