މަސްތުވާ ތަކެއްޗާ ދެކޮޅަށް ހުރިހާ ރައްޔިތުން މަސައްކަތްކޮށް ދިނުމަށް ޕްރިންސް ފައިޞަލް އެދިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
މަސްތުވާ ތަކެއްޗާ ދެކޮޅަށް ހުރިހާ ރައްޔިތުން މަސައްކަތްކޮށް ދިނުމަށް ޕްރިންސް ފައިޞަލް އެދިވަޑައިގެންފި
މަސްތުވާތަކެއްޗާއި ދެކޮޅަށް ޤައުމުގެ ހުރިހައި ރައްޔިތުން އެކުގައި ނުކުމެ މަސައްކަތްކޮށްދިނުމަށް މަދީނާގެ ގަވަރުނަރު ޕްރިންސް ފައިޞަލް ބިން ސަލްމާން އެދިވަޑައިގެންފިއެވެ.

"މަސްތުވާތަކެތި ނައްތައިލުމަށް" ޤައުމީ ފެންވަރުގައި މަދީނާގައި ފެށި މަހާސިންތާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޕްރިންސް ސަލްމާން ވިދާޅުވީ ވަރަށް ސާބިތުކަމާއިއެކު ޑްރަގުގެ މައްސަލަތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށާއި މަސްތުވާތަކެތީގެ ސަބަބުން ޢާންމުވަނީ ހަމައެކަނި ޑްރަގް ނޫން ކަމަށާއި ހުރިހައި ބާވަތެއްގެ ކުށްތައްވެސް އިތުރުވަމުން އަންނަ ކަމަށެވެ.

މި ރަސްމިއްޔާތުގައި ޕްރިންސް ފައިޞަލް ވަނީ މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ވައުދުގައި ސޮއިކުރައްވައިފައެވެ.

ޕްރިވެންޝަން އޮފް ނާކޮޓިކްސް (ނެބްރާސް)ގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު ޝާރިފް ވިދާޅުވީ މަސްތުވާތަކެތިން ސަލާމަތްވެވެން އޮތީ މުޅި ޤައުމު އެކަަމަށްް ހޭލުންތެރިވެގެން ކަމަށެވެ. އަދި އެކަމުގައި ހުރިހައި ޕްރޮވިންސްތަކާއި ހުރިހައި މުއައްސަސާތަކެއްގެ އިތުރުން ހުރިހައި ރައްޔިތުންގެ އެޙީތެރިކަންވެސް ބޭނުންވާ ކަމަށެވެ.

ސައުދީގެ އެންމެ އިސް މުފްތީ ވިދާޅުވެފައިވަނީ މުސްލިމް ޤައުމުތަކަށް މަސްތުވާތަކެތި ފަތުރަނީ މުސްލިމުންގެ އަދާވާތްތެރިން ކަމަށާއި އަދާވާތްތެރިންގެ ބޭނުމަކީ މުސްލިމް ޤައުމުތަކަށް ފަސާދަ އާންމުރުން ކަމަށެވެ.
މިއަދު އޮންލައިން